Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް މަޖިލީހުގެ ރިޔާސަތުގައި --- ފޮޓޯ: މަޖިލިސް

27 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ މިދައުރު ޑިސެމްބަރު މަހުގެ 7 އާއި ހަމައަށް އިތުރުކުރަނީ

ރައްޔިތންގެ މަޖިލީހުގައި ނުނިިމި ގިނަ މަސައްކަތްތަކެއް ހުރުމާއި، އެކު ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ ދައުރު، ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް އިތުރުކުރުމަށް، ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި، މަޖިލީހުގެ ރައިސް، މުހައްމަދު އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ތެރޭގައި ނިންމަންޖެހޭ މުހިއްމު މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ އަންނައަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމުގެ މަސައްކަތެވެ. މީގެ އިތުރުންވެސް މަޖިލީހުގައި އިތުރު މަސައްކަތްތައް ކުރަން ހުރިކަން މަޖިލީހުގެ ރައީސް އަސްލަމް ފާހަގަ ކުރެއްވިއެވެ.

މަޖިލީހުގެ ދައުރު ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ދިގުދަންމާލާނަމަ އެކަމަށް މަޖިލީހުގައި ވޯޓަށް އަހައި ފާސްކުރަންޖެހޭނެއެވެ. އެހެންވެ މިއަދު 1:30ގައި އެކަމަށް ވޯޓަށް އަހާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައީ، ރައީސް ނަޝީދު އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގައި މަރުތަޅު އެޅި، މަޖިލިސް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތިއެވެ. އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން ނަޝީދު އިސްތިއުފާ ދެއްވައި، މަޖިލީހުގެ ރިޔާސަތަކާއި އަސްލަމް ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ފައްޓަވާފައި ވަނީ ދައުލަތުގެ ބަޖެޓުގެ މަސައްކަތެވެ. އިއްޔެ ވަނީ ދައުލަތުގެ ބަޖެޓުގެ ބަހުސް މަރުހަލާ ނިންމާލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.