Advertisement

ހ. ހާޖަރާގޭ ޢަބުދުﷲ ލުޠުފީ، ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށް ރާއްޖެ ގެނައުން -- ފޮޓޯ: ޕީއެސްއެމް

27 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ކުށެއް ނެތް 19 ދިވެހިން މަރާލި ޢަބުދުﷲ ލުޠުފީ މިނިވަންވެއްޖެ

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚްދުށް އެންމެ ނުރައްކާތެރި ޢުދުވާނީ ޙަމަލާ ހިންގައި، ކުށެއް ނެތް 19 ދިވެހި ޝަހީދުކޮށްލުުމުގައި އިސްްކޮށްހުރި މޭސްތިރިޔާ، ހ. ހާޖަރާގޭ ޢަބުދުﷲ ލުޠުފީގެ ހުކުމްތައް ތަންފީޒްކޮށް ނިމި، 35 އަހަރު ފަހުން މިނިވަންވެއްޖެއެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއަށް މިއަހަރު 35 އަހަރު ފުރުނު އިރު، ޢަބުދުﷲ ލުޠުފީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމްތަން ތަންފީޒްކޮށް ނިމި މިނިވަންވީ މިއަދުއެވެ. ޢަބުދުﷲ ލުޠުފީއާއެކު ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާ ހިންގިމުގައި ބައިވެރިވި، ސަގަރު އަހްމަދު ނާސިރު ވަނީ، މީގެ 9 އަހަރު ކުރިން، 2014 ވަނަ އަހަރު މިނިވަންވެފައެވެ. ލުޠުފީ މިނިވަންވުން ލަސްވީ އޭނާ ހުކުމް ތަންފީޒްނުކޮށް ފިލައިގެން އުޅުމާއި، އަދި އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް ސާބިތުވެ ހުކުމްތަންފީޒް ކުރަންޖެހުމާއި ގުޅިގެންނެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ޢަބުދުﷲ ލުޠުފީ ފިލީ 2010 ވަނަ އަހަރުގައެވެ. އޭރު އޭނާގެ ޙުކުމް ތަންފީޒްކޮށް ނިމެން ބާކީ އޮތީ 4 އަހަރެވެ. އެހެން ނަމަވެސް، 9 އަހަރު ދުވަހު ފިލައިގެން އުޅުމަށްފަހު، ޢަބުދުﷲ ލުޠުފީ އަމިއްލައަށް، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހާޟިރުވީ، 2019 ވަނަ އަހަރުގެ އޭޕްރީލް ފަހު ހަފުތާގައި ސްރީލަންކާގައި ދިން އީސްޓަރޑޭ ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެޤައުމުގެ ސިފައިން ޚާއްސަ އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.

ޙުކުމް ތަންފީޒްނުކޮށް ފިލައިގެން އުޅުމާއި ގުޅިގެން، ލުޠުފީގެ މައްޗަށް، 7 މަހާއި 6 ދުވަހަށް ޖަލަށް ލުމުގެ އިތުރު ހުކުމެއްވެސް އައެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ޙަމަލާގައި، ސިފައިންގެ 8 ބޭކަލަކާއި، އާއްމުންގެ ތެރެއިން 11 މީހުން ޝަހީދުވިއެވެ. އުދުވާނީ ހަމަލާއާއި ގުޅިގެން އޭރުގެ ހައިކޯޓުގައި ކުރިޔަށް ގެންދިޔަ ޝަރީއަތްތަކުގައި ޢަބުދުﷲ ލުޠުފީގެ މައްޗަށްވެސް އިއްވީ މަރުގެ ޙުކުމެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބުދުލްޣައްޔޫމް ވަނީ އެހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަށް ބަދަލުކޮށްދެއްވާފައެވެ. ޢަބުދުﷲ ލުޠުފީއާ ސަގަރު ނާސިރު 25 އަހަރުގެ ޖަލު ޙުކުމް ތަންފީޒް ކުރުމުން ޖަލުން މިނިވަންވީ، ދިވެހިރާއްޖޭގައި އުމުރު ދުވަހުގެ ޖަލު ޙުކުމް ކަމުގައި ކަނޑައަޅާފައި އޮންނަނީ 25 އަހަރު ކަމުގައި ވާތީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.