Advertisement

ރައީސް ޔާމީނާއި ޑރ. ޖަމީލް ---

26 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ހުރަފައިން ޕީޕީއެމް ބޭރުކޮށް، އެއިމާރާތުަގައި ޕީއެންއެފްގެ އޮފީސް ހިންގަން ފަށައިފި

ޕީޕީއެމްގެ އޮފީސް ހިންގި، ހެންވޭރު ހުރަފަ އިން، އެޕާޓީގެ އޮފީސް ބޭރުކޮށް އެއިމާރާތުގައި، ރައީސް ޔާމީން ޢަލަށް އުފައްދަވާ ޕާޓީ، ޕީއެންއެފްގެ އޮފީސް ހިންގަންފަށައިފިއެވެ.

ރައީސް ޔާމިނު އަލަށް އުފައްދަވާ ޕާޓީ، ޕީއެންއެފް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވާ، މުޙައްމަދު މަލީހް ޖަމާލު ވަނީ، ހުރަފައިގައި، ރައީސް ޔާމީނާއި، ޑރ. ޖަމީލު ބައްދަލު ކުރައްވާ ފޮޓޯއެއް އާއްމުކޮށްފައެވެ.

ބުރާސްފަތި ދުވަހު، ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވުމާއި، އެކު ހުރަފަ ގޭގެ ވެރިފަރާތުން ވަނީ އެއިމާރާތުގައި ހިންގަމުން އައި ޕީޕީއެމްގެ އޮފީސް އެއްދުވަސް ތެރޭ ހުސްކުރުމަށް ޕީޕީއެމްއަށް އަންގާފައެވެ. މިގޮތުން ގޭގެ ވެރިފަރާތުން ބުނެފައި ވަނީ އެއިމާރާތަކީ ރައީސް ޔާމީނު އޮފީހެއް ހިންގެވުމަށް އެމަނިކުފާނަށް ދޫކޮށްފައިވާ ޢިމާރާޔެއް ކަމަށެވެ. 

ރައީސް ޔާމީން އިސްވެ ހުއްނަވައި އަލަށް އުފައްދަވާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް އުފެއްދުުގެ ހުއްދައަށް އެދި މިއަދު ވަނީ، އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.