Advertisement

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިޙްސާން --- ފޮޓޯ: އެމްސީއެސް

26 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ މުައްސަސާއަކަށް އަސާސީ އެއްތަމްރީން ކޯހެއް ހިންގުމުގެ ވިސްނުން ގެންގުޅުއްވާކަމުގައި ހޯމް މިނިސްޓަރ ވިދާޅުވެއްޖެ

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގާ ހުރިހާ ޔުނީފޯމް އެޅި މުައްސަސާއެއްގެ އޮފިސަރުންނަށް ހިންގާ އަސާސީ ތަމްރީން ކޯހަކީ އެއްކޯހަކަށް ހެދުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި، މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ ޢިޙްސާން މިހެން ވިދާޅުވީ، ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމްގެ 28 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. މިރަސްމިއްޔާތު ބާއްވާފައި ވަނީ، ރޭ މާފުށީ ޖަލުގައެވެ.

މިރަސްމިއްޔާތުގައި އަލަށް މޯލްޑިވުސް ކަރެކްޝަނަލް ސަރވިސް އާއި ގުޅި އަސާސީ ތަމްރީން ފުރިހަމަކޮށް ދަސްވެނިވި އޮފިސަރުންނާއި މުޚާޠަބު ކުރައްވައި، މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، ޕްރިޒަން އޮފިސަރުންނަކީ، ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ބައެއް ކަމަށެވެ. މިގޮތުން ވަސީލަތްތައް މަދު އެހެން ނަމަވެސް މަސްއޫލިއްޔަތު ބޮޑު މިފަދަ މުއައްސަސާއެއްގައި މަސައްކަތް ކުރުމުގައި، ދިމާވާ ގޮންޖެހުންތަކާއި އެކުވެސް، އެމީހަކުކޮށްގެން ހުރި މަޤާމުގެ ހުވާގެ މަތިން ހަނދާން ބަހައްޓަންޖެހޭނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ޕްރިޒަން އޮފިސަރުންގެ އެބޭފުޅުންގެ ހުވަޔާއި ޚިލާފްވުމުގެ ކަންކަން މީގެ ކުރިންވެސް ހިނގާފައިވާ ކަމަށާއި، އެފަަދަ ކަންކަމުގެ ސަބަބުން ދާޚިލީ ސަލާމަތަށްވެސް ނުރައްކާވެގެން ދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެފަދަ ކަމެއްގައި ޕްރިޒަން އޮފިސަރުން ބައިވެރި ނުވުމަށާއި، އަދި ކޮށްގެންތިބި ހުވާގެ މަތީގައި ސާބިތުވެ ތިބުމަށް ހޯމް މިނިސްޓަރ ޢަލީ އިޙްސާން ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިންގާ ހުރިހާ ޔުނީފޯމް އެޅި މުައްސަސާއެއްގެ އޮފިސަރުންނަށް އެއްތަމްރީން ޕްރޮގްރާމެއް ހިންގުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއިރު، އެމިނިސްޓްރީގެ ދަށުން ހިންގާ ޔުނީފޯމްއެޅ މުއައްސަސާތަކަކީ، ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.