Advertisement

ދައުލަތުގެ ބަޖެޓް ފޮތް ---

26 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ބަޖެޓު ބަހުސް ނިންމާލައިފި

2024 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގެ ބަހުސް މަރުޙަލާ ނިންމާލައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން ހަވީރު، 4:15 އާއި ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ ވަނީ ކުރިޔަސް ގެންގޮސްފައެވެ. ބަޖެޓް ބަހުސް ނިންމާލައި، މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ، މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަން އިޢުލާނު ކުރައްވާފައެވެ.

މިއަދު ބަޖެޓު ބަހުސް ނިންމާލި އިރު، މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ޖުމުލަ 51 މެމްބަރަކު ބަހުސްކުރައްވާފައިވެއެވެ. އަދި މުޅި ބަޖެޓުގެ ބަހުސަށް 12 ގަޑިއިރާއި، 23 މިނިޓް ހޭަދަވެފައިވާ ކަމުގައިވެސް މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ޢިއުލާނު ކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ، މަޖިލީހުގެ ތަޅުމުގައި މަޖިލީހުގެ މެމްބަރުން ބަޖެޓާއި ގުޅޭ ގޮތުން ފާޅުކުރެއްވި ޚިޔާލުތަކާއި ފާހަގަކުރެއްވި ނުކުތާތައް، ފާހަގަވާނެ ފަދައިން އިދާރީ މޭޒުން ބަޖެޓްކޮމިޓީއާ ހިއްޞާކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައި ވަނީ، 49.5 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު މަޖިލީހަށް ފޮނުވާފައި ވަނީ، އޮކްޓޫބަރު 31 ގައެވެ. ބަޖެޓު މަޖިލީހަށް ހުށައެޅީ އައު ސަރުކާރުގެ ލަފަޔާއި އިރުޝާދާއި އެކުގައި އައު ސަރުކާރުން ބޭނުންވާ ބަދަލުތައްވެސް ހިމަނައިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.