Advertisement

ކުރީގެ ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދު --

18 May 2023
ޚަބަރު
ޢަލީ ސުލައިމާން

ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދުގެ ޢިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި

ފޮރިން މިނިސްޓަރ ޢަބުދުﷲ ޝާހިދުގެ ޢިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

އިދިކޮޅު ޕާޓީތަކުގައި ހިމެނޭ މެމްބަރުން ހުށައެޅުއްވި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އިއްޔެ އެމްޑީޕީން ވަކިވެވަޑައިގެންނެވި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގައި ބައިވެރިވެވަޑައިގެން އުޅުއްވާ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ސޮއެކުރައްވާފައިވެއެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވަނީ، މޮރިޝަސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ ސަރަހައްދު ބެހުމުގައި ރާއްޖެއިން އިޙްމާލުވެފައިވާ ކަމަށް ބުނެއެވެ. އެމައްސަލައިގައި ބަންޑާރަ ނައިބު އިބުރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް އިދިކޮޅު މެމްބަރުންގެ ފަރާތުން ވަނީ މަޖިލިސްއަށް ވައްދާފައެވެ.

ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްކުރެވޭނީ، 43 މެމްބަރުންގެ ވޯޓު ލިބިގެން ނަމަވެސް އެއަދަދަށް އިދިކޮޅަށް ވޯޓު ހަމަކުރެވޭނެ ކަމަކަށް ނުބެލެވެއެވެ. އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގައި ސާފު އަޣުލަބިއްޔަތު އެބަ އޮތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.