Advertisement

އިޒްރޭލުގެ ބޯޓަށް ހަމަަލާ އެރުމުން ބޯޓުގައި ރޯވެފައި ---

26 Nov 2023
ދުނިޔެ

އިޒްރޭލުގެ ކާގޯ ބޯޓަކަށް އިންޑިއާ ކަނޑުގެ ސަރަހައްދުން ހަމަލާދީފި

އިންޑިއާ ކަނޑުގެ ހުޅަނގު ސަރަހައްދުގައި ދަތުރުކުރަމުން ދިޔަ އިޒްރޭލަށް ނިސްބަތްވާ ކާގޯ ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފިއެވެ.

އިޒްރޭލުންނާއި އެމެރިކާއިން ތުހުމަތުކޮށްފައިވާ ގޮތުގައި މިހަމަލާ ދީފައި ވަނީ އިރާނުންނެވެ. މިހަމަލާގެ ސަބަބުން ބޯޓުގެ އެއް ފަރާތަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެއެވެ.

އެމެރިކާގެ ދިފާއީ އޮފިޝަލަކު ހޮނިހިރު ދުވަހު އެސޯސިއޭޓެޑް ޕްރެސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހަމަލާ ދީފައިވަނީ އީރާނުގައި އުފައްދާފައިވާ ޝަހީދު-136 ޑްރޯން ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ.

މޯލްޓަރގެ ދިދައިގައި، ދަތުރުކުރަމުން އަންނަ، ސީއެމްއޭ ސީޖީއެމް ސައިމީ ކާގޯބޯޓް އޮޕަރޭޓް ކުރަމުން އަންނަނީ، ފްރާންސްއިން ނަމަވެސް މިބޯޓުގެ މިލްކުވެރިފަރާތަކީ، އިޒްރޭލުގެ މަހުޖަނެކެވެ. އެމެރިކާގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އެބޯޓަށް ޑްރޯނަކުން ހަމަލާދީފައި ވަނީ، ބޯޓު ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުން ދަނިކޮށެވެ. އެހެން ނަމަވެސް މިހާދިސާގައި އެބޯޓުގައި އެވަގުތު ތިބި ފަޅުވެރިންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ރަތް ކަނޑުގެ އައްސޭރިފަށުން ދަތުރުކުރި އިޒްރޭލަށް ނިސްބަތްވާ އުޅަނދެއް ވެސް ޔަމަނުގެ ހޫތީން ވަނީ މި ހަފުތާގެ ކުރީކޮޅު އަތުލައިގެން، ހުދައިދާ ބަނދަރަށް ގެންގޮސްފައެވެ. 

ގައްޒާގައި އިޒްރޭލުން ހިންގަމުންގެންދާ ޤަތުލް ޢާއްމުތަކާއި ދެކޮޅަށް ހޫތީން ގެންދަނީ އިޒްރޭލަށް ޑްރޯން ހަމަލާތަކާއި މިސައިލް ހަމަލާތައް ދެމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.