Advertisement

ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެމްއެމްސީގެ އައު ލޯގޯ އިފްތިތާހްކޮށްދެއްވަނީ ---

25 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ނޫސްވެރިކަމުގެ ޙަޔާތީ އަރުތައިގެ އެވޯޑު ރަމީޒަށާއި ހިރިގާ ޒާހިރަށް

ނޫސްވެރިކަމުގެ ޙަޔާތީ އަރުތައިގެ އެވޯޑް މިއަހަރު ދެބޭފުޅަކަށް ދެއްވައިފިއެވެ.

މޯލްޑިވްސް މީޑިއާކައުންސިލުން ދެމުން އަންނަ މިއެވޯޑު މިއަހަރު  ލިބިވަޑައިގެންނެވީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޢަބުދުﷲ ރަމީޒާއި، ދައުރު ނޫހުގެ މެނޭޖިންގ އެޑިޓަރު ހިރިގާ އަހުމަދު ޒާހިރަށެވެ.

މި ދެބޭފުޅުންނަށް ހަޔާތީ އަރުތައިގެ އެވޯޑް ހަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، އިބްރާހިމް ވަހީދު (އަސްވާޑު) އެވެ. 

ޙަޔާތީ އަރުތައިގެ އެވޯޑް ލިބިވަޑައިގެންނެވި ޢަބުދުﷲ ރަމީޒަކީ، ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި 40 އަހަރު ދުވަހު ޚިދުމަތް ކުރައްވާފައިޥާ އަދި މިހާރުވެސް ޚިދުމަތުގައި ހުންނެވި ބޭފުޅެކެވެ. އަދި ހިރިގާ ޒާހިރަކީ ނޫސްވެރިކަމުގައި 34 އަހަރު މަސައްކަތްކުރައްވާފައިވާ އަދި މިހާރުވެސް ނޫސްވެރިކަމުގައި ދެމި ހުންނެވިބޭފުޅެކެވެ.

ނޫސްވެރިކަމުގެ ދާއިރާއިން މިދެ ބޭފުޅުންނަށް ހަޔާތީ އަރުތައިގެ އެވޯޑު ދެއްވުމުގެ އިތުރުން މިރޭ ވަނީ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ އައު ލޯގޯވެސް އިފްތިތާޙްކޮށްފައެވެ.

މޯލްޑިވްސް މީޑިއާކައުންސިލުން މެދު ނުކެނޑި ނޫސްވެރިކަމުގެ އެވޯޑް ދެމުންއަންނަ މިއީ 10 ވަނަ އަހަރެވެ. މީޑިއާކައުންސިލުން އެންމެ ފުރަތަމަ ނޫސްވެރިކަމުގެ އިނާމް ދީފައި ވަނީ، 2013 ވަނަ އަހަރުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.