Advertisement

2022 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާއަށް ހޮވުނު އަހްމަދު ނާއިފަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެވޯޑް ހަވާލުކޮށްދެއްވަނީ ----

25 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ހުސްވިއަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ދައުރުގެ ނާއިފަށް

މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ ގެ އެވޯޑު ދައުރު ނޫހުގެ އަހްމަދު ނާއިފް ކާމިޔާބުކޮށްފިއެވެ.

ނާއިފް މިއެވޯޑު ކާމިޔާބު ކުރީ، މިހާރު ނޫހުގެ އާސިމާ ނިޒާރާއި، ރާއްޖެ ޓީވީގެ ލައިޝާ އަޙްމަދާއި ވާދަކޮށެވެ.

ނާއިފަށް މިއެވޯޑް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ.

2010 ވަނަ އަހަރު ސަން އޮންލައިންއިން ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް އަހްމަދު ނާއިފަކީ، މިހާރު ދައުރު ނޫހުގެ ސީނިއަރ އެސޯސިއޭޓް އެޑިޓަރެވެ. ނާއިފް ވަނީ، ހަވީރު ނޫހާއި، އަވަސް އޮންލައިންގައިވެސް މަސައްކަތްކޮށްފައެވެ.

މީގެ އިތުރުން މިރޭގެ ހަފްލާގައި ވަނީ އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާއަށްވެސް އެވޯޑް ދީފައެވެ. އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ހާސިލްކޮށްފައި ވަނީ، ސަން އޮންލައިންގެ ނޫސްވެރިޔާ ނާއިލް ހަފީޒެވެ. 

މީގެ އިތުރުންވެސް އިތުރު ދާއިރާތަކުން ކަނޑައަޅާފައިވާ އެވޯޑްތައް ހާސިލްކުރި ފަރާތްތަކަށް މިރޭ ގެ ހަފްލާގައި ވަނީ އެވޯޑްތައް ދީފައެވެ. އަދި ޚާއްސަ ހިއްވަރު ދިނުމުގެ އިނާމެއްގެ ގޮތުގައި، ނޫސްވެރިޔާ އަހުމަދު ސާއިދަށްވެސް ވަނީ އިނާމްދީފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.