Advertisement

މިރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ހަފްލާގެ ތެރެއިން ---

25 Nov 2023
ޚަބަރު
ޢަލީ ސުލައިމާން

ނޫސްވެރިިކަމުގެ އިނާމުގެ އައު އެވޯޑްތަކެއް އަންނަ އަހަރު ދޭން ފަށާނެ

މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ، ނޫސްވެރިކަމުގެ އެވޯޑުގައި އަންނަ އަހަރު އައު ކެޓަގަރީތަކެއް ތަޢާރަފްކުރުމަށް ހަމަޖައްސާފައިވާ ކަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ޢިއުލާންކޮށްފިއެވެ.

މިކަން ޢިއުލާނުކޮށްދެއްވީ، މިރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމްދިނުމުގެ ހަފްލާގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަޙްމަދު މުސްޠަފާއެވެ.

މުސްތަފާ ވިދާޅުވީ، އަންނަ އަހަރު އައު ތިން އެވޯޑެއް ތަޢާރަފްކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެ އެވޯޑްތަކަކީ، ސްޓޫޑެންޓް ޖާނަލިޒަމް އެވޯޑާއި، ކޮމިއުނިޓީ ނޫހުގެ އެވޯޑާއި، އަދި ޚާއްސަ ކަވަރޭޖްގެ އެވޯޑެވެ.

މުސްޠަފާ ވިދާޅުވީ، ކައުންސިލްގެ ވިސްނުމަކީ، މީޑިއާތަކާއި ދެކޮޅަށް ފިޔަވަޅު އަޅައި ޖުރުމަނާކުރުމެއް ނޫންކަމަށާ، ކައުންސިލްގެ ވިސްނުމަކީ ނޫސްވެރިކަމުގެ ހަމަ ހިފަހައްޓައި ރަނގަޅު ނޫސްވެރިންތަކެއް ބިނާކުރުމަށް، މަސައްކަތް ކުރުން ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވަނީ ނޫސްވެރިކަމުގެ ދާއިރާއިން އެކި ވަނަތައް ޙާސިލްކުރި ނޫސްވެރިންނަށް އެވޯޑުތައް ދީފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.