Advertisement

ރައީސް ނަޝީދާއި އީވާ ޢަބުދުﷲ ---

18 May 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން އައު ސިޔާސީ ޕާޓީއެއް އުފައްދަނީ

ރައީސް ނަޝީދަށް އަލުން ވެރިކަމަށް އާދެވޭނެ އެއްވެސް މަގެއް ނުފެނުމުން، ރައީސް ނަޝީދު އުފެއްދެވި ފިކުރެއްގެ ދިރުމުގައި ހިމެނޭ މަޖިލިސް މެމްބަރުން އެމްޑީޕީން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފައްދަން އުޅޭކަން އެބޭފުޅުން ހާމަކުރައްަވައިފިއެވެ.

ފިކުރެއްގެ ދިރުމަކީ، ރައީސް ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވުމުން އެޕާޓީގެ ތެރޭގައި ރައީސް ނަޝީދު އުފެއްދެވި ވަކި ފެކްޝަނެކެވެ. އެމްޑީޕީގެ މެމްބަރު ކަމުން އެފެކްޝަނަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި އާއްމު ބައެއް މެމްބަރުން މިއަދުވަނީ ވަކިވެފައެވެ.

ރައީސް ނަޝީދާއިއެކު ފިކުރެއްގެ ދިރުމުގައި ތިއްބެވި މަޖިލީހުގެ މެމްބަރުން އެމްޑީޕީން ވަކިވެ ވަޑައިގެންނެވި ނަމަވެސް ރައީސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގައެވެ. ރައީސް ނަޝީދު އެމްޑީީން ދޫކޮށް ނުލައްވައި ހުންނެވީ އެމަނިކުފާނު އެމްޑީޕީން ވަކިވެވަޑައިގެންފި ނަމަ މަޖިލީހުގެ ރައީސް ކަމުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެތީ ނުވަަތަ އިތުބާރުނެތްކަމުގެ މައްސަަލަ މަޖިލީހަށް ވައްދައިގެން މަޤާމުން ވަކިކޮށްފާނެތީ ކަމަށް ވަނީ ބެލެވިފައެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން ސިޔާސީ ޕާޓީއެއް އުފެްދުމުގެ މަސައްކަތް ފަށައި 3000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެފެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ރޭހަށް ނުކުތުމަށް އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައީސް ނަޝީދު ކުރެއްވި އެއްވެސް މަސައްކަތެއްގައި ކާމިޔާބީއެއް ލިބިވަޑައެއް ނުގަތެވެ. އެންމެ ފަހުން ޖުމްހޫރީޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމާއި އެކު ކުރިޔަށް ދިޔުމަށް ރައީސް ނަޝިދާއި އެކު ފިކުރެއްގެ ދިރުމުގައި މަސައްކަތް ކުރެއްވި ބޭފުޅުން މަޝްވަރާތައް ކުރެއްވި ނަމަވެސް އެކަންވެސް ކާމިޔާބުވާގޮތެއް ނުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.