Advertisement

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ---

18 May 2023
ޚަބަރު
ޢަލީ ސުލައިމާން

އީވާ އެމްޑީޕީން ވަކިވެވަޑައިގެންނެވުމާއި އެކު މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން އޭނާ ދުރުކުރުމުގެ މަސައްކަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުގައި ހުންނެވި އީވާ ޢަބުދުﷲ އެމްޑީޕީން ވަކިވެވަޑައިގެންނެވުމާއި ގުޅިގެން އޭނާ އެ މަޤާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކޮށް އޭނާ މަޖިލީހުގެ ނައިބުރައީސް ކަމުގެ މަޤާމުން ވަކިކުރުމުގެ މައްސަލަ ހުށައެޅުމަށްޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނޭ 22 މެމްބަރުން މިހާރު ވަނީ ސޮއެކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަމުގެ މަޤާމުން އީވާ ދުރުުކުރަން ބޭނުންވަނީ، 43 ވޯޓެވެ. ފިކުރެއްގެ ދިރުމަށް ތާއީދު ކުރައްވައި، އީވާ ހިމެނޭ ގޮތުން އެމްޑީޕީގެ 12 މެމްބަރަކު މިއަދު އެޕާޓީން ވަކިވެވަޑައިގެންނެވި ނަަމަވެސް އަދިވެސް އެޕާޓީގައި ޖުމުލަ 55 މެމްބަރުން އެބަތިއްބެވިއެވެ. 

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ދުވަހެއް އަދި އެމްޑީޕީއަކުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.