Advertisement

ފިކުރެއްގެ ދިރުމާއި އެކު ހުންނެވި ޙަސަން ލަޠީފް ---

18 May 2023
ޚަބަރު
ޢަލީ ސުލައިމާން

ފިކުރެއްގެ ދިރުމަށް ތާއީދުކޮށްގެން ތިބި މެމްބަރުން ވަކިވުމުން، އެމްޑީޕީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ގެއްލިއްޖެ

ރައީސް ނަޝީދު ފިޔަވައި އެމްޑީގެ މަޖިލިސް މެމްބަރުންގެ ތެރެއިން "ފިކުރެއްގެ ދިރުމަށް" ތާއީދުކޮށްގެން ތިއްބެވި ހުރިހާ މެމްބަރުން އެޕާޓީން ވަކިވެ ވަޑައިގެންފިއެވެ.

އެމްޑީޕީއިން ވަކިވެ ވަޑައިގަތުމަށް ބާރަ މެމްބަރަކު ވަނީ އިލެކްޝަންސް ކޮމިޝަނަށް އެމެމްބަރުން އެމްޑީޕީގެ ދަފްތަރުން އުނިކޮށްދެއްވުމަށް އެދި ހުށައަޅުއްވާފައެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދާއި ޚިލާފްވެގެން އެޕާޓީން ވަކިވެއްޖެކަމަށް ނިންމާފައިވާ، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއެކު ޖުމުލަ 13 މެމްބަރުން އެމްޑީޕީންވަކިވެވަޑައިގެންނެވި އިރު، މަޖިލީހުގައި އެމްޑީީއަށް އޮތް ސުޕަމެޖޯރިޓީ ވަނީ ގެއްލިފައެވެ. 

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިދައުރާހަމަޔަށް އައި އިރު، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 68 މެމްބަރުން ތިއްބެވެ. ފިކުރެއްގެ ދިރުމުގައި ހިމެނޭ ރައީސް ނަޝީދަށް ތާޢީދު ކުރައްވާ 13 މެމްރުން އެމްޑީޕީން ވަކިވެވަޑައިގެންނެވުމާއި އެކު މިހާރު އެޕާޓީގެ މަޖިލިސް މެމްބަރުންގެ ޢަދަދު 55އަށް ވަނީ ތިރިވެފައެވެ.

އެމްޑީޕީން 13 މެމްބަރުން ވަކިވެވަޑަިއގެންނެވުމާއި އެކުވެސް އެޕާޓީއަށް އަދިވެސް ރައްޔިތުންގެ މަޖިލީހުހައި ސާފު މެޖޯރިޓީ އެބައޮތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.