Advertisement

ކޭޕާކު ފްލެޓް އިމާރާތް --

17 May 2023
ޚަބަރު
ޢަލީ ސުލައިމާން

ކޭ-ޕާކު ފްލެޓްތަކާއި މައްސަލަތަކާއި ގުޅޭ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރަން ފަށައިފި

ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޭ-ޕާކް ރެސިޑެންސްގެ ފްލެޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރަން ފަށާފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، އެމައްސަލައާ ގުޅުން ހުރި މީހުންނާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމުގައި ބުނުން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ފުލުހުން މިއަދު ބަލައި ފާސްކޮށްފައި ވަނީ، ކޭޕާކު ފްލެޓްތައް އަޅާ ހަމްބޯ ކޮމްޕެނީގެ އެއް ޙިއްޞާދާރު ކަމުގައިވާ ޙަސަން މަންދޫހު (މަންޑޭ) އާ ގުޅުން ހުރިތަނެކެވެ.

އޮޅުވާލައިގެން ފްލެޓްތައް ނުއަގުގައި ވިއްކާފައިވާ ކަމަށް ބުނެ ހަމްބޯކުންފުނިން ވަނީ މަމްދޫހުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް އޭނާގެ މައްސަލަ ފުލުހުންނަށްވެސް ހުށައަޅާފައެވެ. އެމައްސަލަ އާއި ގުޅިގެން މަންޑޭއަށް ރާއްޖެއިން ފުރައިގެން ނުދެވޭ ގޮތަށް އޮތީ އޭނާގެ ޕާސްޕޯޓުވެސް ހިފަހައްޓާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.