Advertisement

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް -- ފޮޓޯ: ރައީސް އޮފީސް

17 May 2023
ޚަބަރު
ޢަލީ ސުލައިމާން

ކުއްވެރީންނާއި އެއްހަމަޔަށް ޖިނާއީ އަދުލުގެ ނިޒާމްތަުގައި ހިމެނޭ އިދާރާތައްވެސް ތަރައްޤީވާން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވެއްޖެ

ކުއްވެރީންނާއި އެއްހަމަޔަށް ޖިނާއީ އަދުލުގެ ނިޒާމްތަުގައި ހިމެނޭ އިދާރާތައްވެސް ތަރައްޤީވާން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހޮޓެލްޖެންގައ ބޭއްވި، ކްރިމިނަލް ޖަސްޓިސް ސެކްޓަރ ހައިލެވެލް ކޮންފަރެންސް ފެށުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ، ކުށްކުރާ ގޮތްތަކާއި ބޭނުންކުރާ ވަޞީލަތްތައް ބަދަލުވެފައިވާ ކަމަށާއި، ކުށްކުރުން ހުއްޓުވުމަށްޓަކައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ފަރާތްތަކުން ކުށްވެރީންނާ އަރައިހަމަކުރަންޖެހޭނެކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ކުށްތައް ދަނީ ބަދަލުުވަމުން. ކުށް ކުރާމީހުން، މީގެ ފަސްދޮޅަސް އަހަރުކުރިން، ސާޅީސް އަހަރު ކުރިން ކުރިގޮތަކަށް ނޫން ކުށްކުރަނީކީ. އެމީހުންވެސް މޮޅު. ޓެކްނޮލޮޖީއެއްވެސް ނެތް ކުރީގަ. ހަމަ އެއްވެސް އެއްޗެއް ނެތް. އަޅުގަނޑުމެން ހިފާލާފަ ހުރިހާ މަސައްކަތެއް ކުރަން އުޅުނީ. އެކަމަކު މިއަދު އެކަންވެސް ބަދަލުވެއްޖެ. އެ ކުށްކުރުމުގެ ވައްޓަފާޅިޔާ، ކުށްކުރާ ގޮތާ، ވަރަށް ތަފާތު. އެމީހުންނާ އަރައި ހަމަކުރަން އެބަޖެހޭ. އެކަންވެސް ހޯދަން އެބަޖެހޭ. "

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް 

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖޭގައި އަދުލު އިންސާފު ޤާއިމް ކުރުމުގައި ތަންފީޒީ އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން އާބާދީ ކުޑަވުމާއި އެކަކު އަނެކަކު ދަތުންވެސް އެއީ އަސަރުފޯރާ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ އަބަދުވެސް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަ އެއްކަމަކީ އަދުލު އިންޞާފު ކަމަށެވެ. އަދި ޖިނާއީ ޢަދުލުގެ ދާއިރާ ހަރުދަނާކުރުމަށް ފާއިތުވ ހަތަރު އަހަރުގެ ތެރޭގައި މިސަރުކާރުން ގިނަ މަސައްކަތްތަެކެއް ކުރައްވާފައިވާ ކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޚުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.