Advertisement

ސީޕީ ހަނމީދު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ---

17 May 2023
ޚަބަރު
ޢަލީ ސުލައިމާން

ނައީމާގެ މަރާއި ގުޅޭ ގޮތުން އާޢިލާއަށް މައުލޫމާތުދީފި

ހުސްވި އޭޕްރީލް މަހުގެ 7 ވަނަ ދުވަހު، ނ މަނަދޫގައި މަރާލާފައި އޮއްވައި ފެނުނު ނަޢީމާ މޫސާގެ މަރުގެ ތަޙްޤީޤާއި ގުޅޭ މަޢުލޫމާތު، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދުު ޙަމީދު އާއިލާއާ ޙިއްޞާކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ނަޢީމާގެ އާއިލާ އާ ބައްދަލު ކުރެއްވީ، މިހާރު އެމަނިކުފާނު، ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. 

އުމުރުން 62 އަހަރުގެ ނަޢީމާ މޫސާ އޭނާ ދިރިއުޅެމުން ދިޔަ ގޭތެރޭގައި މަރާލާފައި އޮއްވައި ފެނުނުތާ މަހެއް ވެގެން ދިޔައިރު އަދިވެސް އެމައްސަލައިގެ ތުހުމަތު ކުރެވޭ އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ތަހުޤީޤަށް މާބޮޑު ކުރިއެރުމެއްވެސް ލިބުނު ކަމެއް އެނގިފައެއް ނުވެއެވެ.

އެހެން ނަމަވެސް ނައީމާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ހޯދުމަށް ފުލުހުން ދަނީ ފޮރެންސިކް ތަޙްލީލުތައްވެސް ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.