Advertisement

ޢިލްމުވެރިންގެ ގުޅުމުގައި ހިމެނޭ ފަރާތްތަކާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން ---

16 May 2023
ޚަބަރު
ޢަލީ ސުލައިމާން

ޢިލުމުވެރިންގެ ގުޅުމުގެ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

އިލްމްވެރިންގެ ގުޅުމުގައި ހިމެނޭ ފަރާތްތަކާއި އެޖަމިއްޔާގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އެފަރާތްތަކާއި ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން މިއަދު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. 

އިލްމުވެރިންގެ ގުޅުމުގައި ހިމެނޭ މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރެއްވުމަށް ބޭނުންވެގެން ހުށައަޅާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ، މިއަދު އެ ބައްދަލުވުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްުޔާގެ އޮފީހުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ބުނީ، އެފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް 3 ހުށައެޅުމެއް ހުށައެޅި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، 

1) 241 ކޮމިޓީއަށް ސިޓީ ހިއްސާ ކުރުން.

2) ރާއްޖޭ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ސަރަޙައްދާ މެދު، އިޓްލޮސްއިން ނިންމާފައިވާ ނިންމުން މުރާޖަޢާކުރުމަށް ހުށައެޅުން.

3) ޢިލްމުވެރިންގެ ގުޅުމުގެ އިސްނެގުމާއެކު، އީއީޒެޑް މައްސަލައިގައި ސަރުކާރުގެ މައުޤިފާ ދެކޮޅު ފަރާތްތަކާ އެކު ސަރުކާރުން ޕަބްލިކް ޑިބޭޓަކަށް ގޮސްދެއްވުން

ޢިލްމްވެރިންގެ ގުޅުމުގައި ހިމެނޭ، ދީނީ ޢިލްމުވެރިންނަކީ ސަރުކާރުކާރުގެ ސިޔާސަތުތަކަށް މީގެ ކުރިންވެސް ވަރަށް ބޮޑަށް ފާޑުވިދާޅޔވަމުން އައި ބޭފުޅުންތަކެއް ތިއްބެވި މަދަނީ ޖަމިއްޔާއެކެވެ. 

ރާއްޖެ މޮރިޝަސްގެ އިން ވަކިކޮށް އިޓްލޮސްއިން ނިންމި ނިންމުންތަކާއި ގުޅުުވައިގެން އެޖަމިއްޔާއިންވެސް ދަނީ އާއްމުކޮށް ސަރުކާރަށް ތުހުމަތުތައް ކުރަމުންނެވެ.

މިއަދު ޢިލްމުވެރިންގެ ގުޅުމުގައި ހިމެނޭ ފަަރާތްތަކުގެ އެދުމުގެ މަތިން އެފަރާތްތަކާ މިއަދު ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވި އިރު އެޖަމިއްޔާގެ ހުށައެޅުންތަކާއި މެދު ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.