Advertisement

12 Nov 2023
ކުޅިވަރު

ސްޕެނިޝް ލީގުގައި ޖިރޯނާ އަދި މެޑްރިޑަށް ވެސް މޮޅެއް

ސްޕެނިޝް ލަ ލީގާގައި ޖިރޯނާ މި ހަފްތާގެ މެޗު ވެސް ކާމިޔާބު ކުރުމުން، ރިއާލް މެޑްރިޑުން 3 ޕޮއިންޓު ހޯދި ނަމަވެސް ލީގުގެ އެއްވަނައަށް އަނބުރާ އެރޭގޮތެއް އެ ޓީމަކަށް ނުވިއެވެ. ޖިރޯނާއިން ހޯދި 3 ޕޮއިންޓާއެކީ މި ހަފްތާ ވެސް އެ ޓީމު ނިންމާލާނީ ލީގުގެ އެއްވަނައިގައި އޮވެއެވެ.

ފަހަތުން އަރާ ރަޔޯ ވަލެކާނޯގެ މައްޗަށް 2-1 އިން ޖިރޯނާ ހޯދި ކާމިޔާބާއެކީ، އެ ޓީމު ލީގުގައި އެންމެ ފަހުން ކުޅުނު 5 މެޗު ވެސް މިވަނީ ކާމިޔާބުކޮށްފައެވެ. ވަލެކާނޯގެ އެސްޓޭޑިއޯ ޑި ވަލެކާސްގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ މެޗުގެ 5 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އަލްވާރޯ ގާސިއާއެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބު ކޮށްދިން 4 ވަނަ ގޯލެވެ.

ޖިރޯނާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފު ނިމެން ދަނިކޮށް، އެ ޓީމުގެ ޔުކްރެއިން ފޯވާޑް އާޓެމް ޑޮވްބީކް ކާމިޔާބުކުރި ގޯލަކުންނެވެ. ޑޮވްބީކްއަކީ މި ސީޒަނުގައި މިހާތަނަށް ޖިރޯނާއަށް އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާއެވެ. ރޭގެ ގޯލާއެކު އޭނާވަނީ މި ސީޒަންގައި ޖުމްލަ 7 ގޯލު ކާމިޔާބުކޮށްފައެވެ.

ޖިރޯނާއަށް ލީޑު ލިބުނީ މެޗުގެ 65 ވަނަ މިނެޓުގައި ސެވިއޯ ކާމިޔާބުކޮށްދިން ގޯލަކުންނެވެ. މިއީ މި ސީޒަންގައި އޭނާގެ 4 ވަނަ ގޯލެވެ.

ވެލެންސިއާ އާ ދެކޮޅަށް ރެއާލް މެޑްރިޑުން ވަނީ މި ހަފްތާގައި ތަފާތު ބޮޑު މޮޅެއް ހޯދާފައެވެ. ފުރަތަމަ ހާފު ޑެނީ ކަވަހާލް އާއި ވިނީސިއަސް ޖުނިއަރ ކާމިޔާބުކުރި 2 ގޯލާއި، ފަހު ހާފުގައި ވިނީސިއަސްގެ އިތުރު ގޯލަކާއި، ރޮޑްރީގޯގެ 2 ގޯލާއެކު، މެޑްރިޑުން ވަނީ 5 ގޯލު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅު ވެލެންސިއާގެ ހޫގޯ ޑުރޯ ކާމިޔާބުކުރި ގޯލާއެކީ މެޗު ނިމުނީ 5-1 އިންނެވެ.

ރޭގެ މެޗުގައި މެޑްރިޑްގެ ޖޫޑް ބެލިންގެހަމް، އޭނާގެ ކޮނޑު ހުޅަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން ނުކުޅެއެވެ. ނަމަވެސް އިންޓަނޭޝަނަލް ބްރޭކްއަށްފަހު، އަނިޔާއިން ރަނގަޅުވެ، ބެލިންގްހަމް ކުޅެން ފަށާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.