Advertisement

12 Nov 2023
ކުޅިވަރު

ރޭގެ މެޗަށް ފަހު ކޭންއަށް އަނެއްކާވެސް ލީގުގެ ރެކޯޑެއް

ޖަރުމަނު ބުންޑަސް ލީގާ ގައި ރޭ ހެއިޑެންހެއިމްއާ ބެޔާން މިޔުނިކް ބައްދަލުކުރި މެޗުގައި އިތުރު 2 ގޯލު ކާމިޔާބުކޮށް،  އެ ލީގުގައި 11 މެޗުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އިނގިރޭސި ކެޕްޓަން ހެރީ ކޭން އައުކޮށްފިއެވެ. ކުރިން މި ރެކޯޑް އޮތީ 11 މެޗުން 16 ގޯލު ކާމިޔާބުކުރި ރޮބާޓް ލެވަންޑޯސްކީ އަތުގައެވެ. އެއީ 2019 ވަނަ އަހަރު ލެވަންޑޯސްކީ އައުކުރި ރެކޯޑެކެވެ.

ރޭގެ ގޯލުތަކާއެކު، ކޭން މިވަނީ މި ސީޒަނުގައި މިހާތަނަށް ޖުމްލަ 17 ގޯލު ކާމިޔާބުކޮށްފައެވެ. ނަމަވެސް މިދިޔަ ސީޒަންގައި އެންމެ ގިނައިން ގޯލު ކާމިޔާބުކުރި ކްރިސްޓޮފާ އެންކުންކު އަދި ނިކްލަސް ފުލްކްރުގްއަށް ކާމިޔާބުކުރެވުނީ ޖުމްލަ 16 ގޯލެވެ.

ހެއިޑެންހެއިމް ކޮޅަށް ކޭން ކާމިޔާބުކުރި 2 ގޯލަކީވެސް، މެންޗެސްޓަރ ސިޓީއިން ބެޔާންއަށް ބަދަލުވި ލެޜޯއީ ސާނޭ ފަހިކޮށްދިން ފުރުސަރުތަކުން ފުރަތަމަ ހާފުގައި ކާމިޔާބުކުރި ގޯލުތަކެކެވެ. ފުރަތަމަ ގޯލަކީ، ހެއިޑެންހެއިމްގެ ގޯލު އޭރިޔާ ތެރެއަށް ހުރަސްކޮށްދިން ބޯޅައަކުން ޖެހި ގޯލެކެވެ. އަދި ދެވަނަ ގޯލު ކާމިޔާބުކުރީ ސާނޭ ނަގައިދިން ކޯނަރަކުން، ބޮލުންޖަހާ ބޯޅަ ގޯލުގެ ދާގަނޑަށް ފޮނުވާލައިގެންނެވެ.

ހެއިޑެންހެއިމްއިން ދެވަނަ ހާފުގައި ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އެގޮތުން 3 މިނެޓުގެ ތެރޭގައި، މެޗުގެ 67 އަދި 70 ވަނަ މިނެޓުގައި، އެ ޓީމުގެ ޓިމް ކްލެއިންޑިއެސްޓް އަދި ޖެން-ނިކްލަސް ބެސްޓޭ ވަނީ ގޯލުޖަހާ މެޗު އަނބުރާލަން މަސައްކަތްކޮށްފައެވެ. ނަމަވެސް ބެޔާންއިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނެރުނު ރަފިއަލް ގުއެރޭރޯވަނީ މެޗުގެ 72 ވަނަ މިނެޓުގައި ބެޔާންއަށް އަނެއްކާވެސް ލީޑު ނަގައިދީފައެވެ. އަދި ބެޔާންގެ ފަހު ގޯލު، 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޗޮޕޮ-މޯޓިންއެވެ.

ހެއިޑެންހެއިމްގެ މައްޗަށް 4-2 ން ކާމިޔާބު ހޯދާ ބެޔާން ވަނީ ލީގުގެ އެއްވަނައަށް ޖެހިލާފައެވެ. ނަމަވެސް މި ހަފްތާ ނިމޭއިރު ލީގު އެއްވަނައިގައި އޮންނާނެ ޓީމެއް އެނގޭނީ މިރޭ ބެޔާން ލެވަކޫސަންގެ މެޗަށް ފަހުއެވެ. ލެވަކޫސަން މޮޅުވެއްޖެނަމަ، އެ ޓީމު ލީގު އެއްވަނައަށް އަރާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.