Advertisement

ޙަމާސްގެ ތަރުޖަމާނު ޢަބޫ އުބައިދާ ---

06 Nov 2023
ދުނިޔެ

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހަމާސްއިން އިޒްރޭލު ޓެރަރިސްޓް ސިފައިންގެ 27 އުޅަނދު ހަލާކުކޮށްލައިފި

ފާއިތުވެ ދިޔަ 48 ގަޑި އިރުގެ ތެރޭގައި ޙަމާސްގެ މުޖާހިދުން، އިޒްރާއީލްގެ ޓެރަރިސްޓް ސިފައިންގެ 27 އުޅަނދު ހަލާކުކޮށްލާފައިވާ ކަމުގައި އެޖަމާއަތުން ބުނެފިއެވެ.

ޙަމާސް ޖަމާއަތުގެ ތަރުޖަމާން ޢަބޫ ޢުބައިދާ ވިދާޅުވީ، ޣައްޒާއަށް ވަދެ ހަނގުރާމަކުރަމުންދާ އިޒްރޭލު ޓެރަރިސްޓް ސިފައިންގެ 27 އަސްކަރީ އުޅަނދަކަށް، މޯޓަރޝެލްއިންނާ ބޮމުން ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށެވެ. 

ރިޕޯޓްތައް ބުނާގޮތުގައި، ޣައްޒާއަށް ވަތް އިޒްރާއީލުގެ އަސްކަރީ އުޅަނދުތަކުގެ ތެރެއިން 100އަށް ވުރެ ގިނަ އުޅަނދު ވަނީ ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި ހަލާކުވެފައެވެ. އަދި ގިނަ އަދަދެއްގެ އިޒްރާއީލް ޓެރަރިސްޓް ސިފައިންވެސް ވަނީ މަރާލާފައެވެ.

އިޒްރާއީލުން ލުބުނާނަށް ހަމަލާދީ ކުޑަ ތިންކުދިންނާއި އަންހެނަކު ޝަހީދުކޮށްލުމުން އެކަމުގެ ބަދަލު ހިފުމަށް ޙިޒްބުﷲއިން ދިން މިސައިލް ހަމަލާއެއްގައި އިޒްރާއީލް ސިފައިންގެ ގިނަ އަދަދެއްގެ ސިފައިން ގޮވައިގެން ދަތުރުކުރި ޓްރަކެއް ވަނީ ހަލާކުކޮށްލާފައެވެ. އެހަމަލާގައި އެޓްރަކްގައި އެވަގުތު ތިބި ހުރިހާ އިޒްރޭލު ސިފައިން މަރުވާނެ ކަމަށް ބެލެވިފައިވެއެވެ.

ހަނގުރާމައިގައި އިޒްރޭލު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާއިރު، ލިބޭ ގެއްލުންތަކާއި މަރުވަމުންދާ ސިފައިންގެ އަދަދު އިޒްރޭލުން ތަފްސީލްކޮށް ހާމައެއް ނުކުރެއެވެ. އަދި ލުބުނާނުން ދިން ހަމަލާގައި މަރުވީ ކިތައް ސިފައިން ކަމެއްވެސް އިޒްރޭލުން ހާމައެއް ނުކުރެއެވެ. އެންމެ ފަހުން އިޒްރޭލުން ބުނެފައި ވަނީ، ހަނގުރާމައިގައި މިހާތަނަށް އިޒްރޭލު ސިފައިންގެ ތެރެއިން މަރުވެފައި ވަނީ 338 މީހުން ކަމަށެވެ. އެހެން ނަމަވެސް އެއަދަދު އެއަށްވުރެ އެތައްތަނެއް އިތުރުވާނެ ކަމުގައި ޙަމާސްއިންވެސް ވަނީ ބުނެފައެވެ.

އިޒްރޭލުން ޣައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތައް ދެމުން އަންނަތާ 30 ދުވަސްވީއިރު، އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ޝަހީދުވު ފަލަޞްތީނުގެ އާއްމުންގެ އަދަދު މިހާރު ވަނީ، 10000 ވުރެ މަތިވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.