Advertisement

އޮސަސުނާ ކޮޅަށް ގޯލް ޖެހުމަށްފަހު ޖިރޯނާގެ ކުޅުންތެރިން އުފާފާޅުކުރަނީ ---

06 Nov 2023
ކުޅިވަރު

މެޑްރިޑް އެއްވަރުވުމުން ލަ ލީގާގެ އެއްވަނައިގައި ޖިރޯނާ 2 ޕޮއިންޓުގެ ލީޑެއް ނަގައިފި

އާދީއްތަ ދުވަހުގެރޭ ރެއާލް މެޑްރިޑާއި ރަޔޯ ވަލެކާނޯ ބައްދަލުކުރި މެޗު 0-0 ން އެއްވަރުވުމުން، ޖިރޯނާއަށް ސްޕެނިޝް ލަ ލީގާގެ އެއްވަނައިގައި 2 ޕޮއިންޓުގެ ލީޑެއް ލިބިއްޖެއެވެ. މިއީ ޖިރޯނާގެ ތާރީހުގައި ވެސް، ސްޕެނިޝް ލީގުގެ އެއްވަނައިގައި މިވަރުގެ ލީޑެއް ލިބުނު ފުރަތަމަ ފަހަރެވެ. އެ ޓީމުން މި ހަފްތާގައި ކުޅުނީ އޮސަސުނާ އާ ދެކޮޅަށެވެ. އެ މެޗު އޮސަސުނާގެ ދަނޑުގައި 4-2 ން ކާމިޔާބުކުރީ ޖިރޯނާއެވެ.

ޖިރޯނާ ސްޕެނިޝް ލީގުގެ އެއްވަނައިގައި މުޅިން އަލަށް ފެނިލާފައިވަނީ ވެސް މި ސީޒަންގައެވެ. އެއީ މިދިޔަ ސެޕްޓެމްބަރ މަހު އެ ޓީމުން ވިލަރިއާލް ބަލިކުރި ހަފްތާގައި، އޭރު ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާ، ރިއަލް މަޔޯކާއާ ކުޅެ އެއްވަރުވުމުންނެވެ. އަދި އޭގެ ފަހުން، ފާއިތުވި 3 ގޭމް ވީކްގައި ވެސް ޖިރޯނާ އޮތީ މެޑްރިޑާ ޕޮއިންޓުގެ ގޮތުން އެއްވަރެއްގައެވެ. މެޑްރިޑް ލީގުގެ އެއްވަނައިގައި އޮތީ ގޯލް ތަފާތުންނެވެ.

ޖިރޯނާ ސްޕެނިޝް ފުރަތަމަ ޑިވިޝަންގައި އެންމެ ފުރަތަމަ ކުޅެފައިވަނީ 2017/18 ސީޒަންގައެވެ. އެ ފަހަރު 10 ވަނައިގައި ސީޒަން ނިންމާލަން ޖެހުނުއިރު، ޖެހިގެން އައިސީޒަންގައި 18 ވަނަ ލިބި، އަނެއްކާވެސް ސަގުންޑާ ޑިވިޝަނަށް އެ ޓީމު ރެލިގޭޓް ވިއެވެ. އެއަށްފަހު ލަ ލީގާއަށް އެ ޓީމުން އަނބުރާ އައީ މިދިޔަ ސީޒަންގައެވެ. މިދިޔަ ސީޒަންގައި އެމީހުނަށް ލިބުނީ 10 ވަނަ އެވެ. އަދި އެއަށްފަހު ހަމައެކަނި މިހާތަނަށް މި ސީޒަންގައި ހޯދާފައިވާ ނަތީޖާތަކަށް ބަލާލިޔަސް، މިއީ އެ ޓީމުގެ ތާރީހުގައި އައި އެންމެ ކާމިޔާބު ސީޒަންކަމުގައި ވާނެކަން ޔަގީނެވެ

މި ޓީމުގެ %44.3 ހިއްސާ އޮންނަނީ ސިޓީ ފުޓްބޯލް ގްރޫޕުން (ސީ.އެފް.ޖީ.) ގަނެފައެވެ. މިއީ އަބޫ ދާބީ ޔުނައިޓެޑް ގްރޫޕްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އަދި ބާކީ ހިއްސާ އޮންނަނީ ޖިރޯނާ ފުޓްބޯލް ގްރޫޕްގެ ނަމުގައެވެ. މި ގްރޫޕް ލީޑު ކުރަނީ ސީ.އެފް.ޖީ. ގްރޫޕުން ގަނެފައިވާ މެންޗެސްޓަރ ސިޓީގެ މެނޭޖަރ ޕެޕް ގާޑިއޯލާގެ ބޭބެ، ޕެރޭ ގާޑިއޯލާއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.