Advertisement

ސައުތު އެފްރިކާއާ ކުޅުނު މެޗުގައި އިންޑިއާގެ ކުޅުންތެރިން ---

06 Nov 2023
ކުޅިވަރު

އިންޑިއާ އިން ދެވަނައިގައި އޮތް ސައުތު އެފްރިކާ ފަސޭހަކަމާއެކު ބަލިކޮށްފި

އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި ގްރޫޕްގެ އެއްވަނައިގައި އޮތް އިންޑިއާ އާއި ދެވަނައިގައި އޮތް ސައުތު އެފްރިކާ ބައްދަލުކުރި މެޗު، ހީކުރިގޮތާ މުޅިން ހިލާފަށް ވަރަށް ފަސޭހަކަމާއެކު އިންޑިއާއިން ކާމިޔާބުކޮށްފިއެވެ. އިންޑިއާއިން މެޗު ކާމިޔާބުކުރީ 243 ލަޑުންނެވެ

މި މެޗު ވެގެން ގޮސްފައިވަނީ އިންޑިއާގެ ތަރި ވިރާތު ކޯލީއަށް އެކިގޮތްގޮތުން ވަރަށް ހާއްސަ މެޗަކަށެވެ. އެގޮތުން ކޯލީގެ 35 ވަނަ އުފަންދުވަހު ކުޅުނު މި މެޗުގައި އޭނާ މި ވަނީ މި މުބާރާތުގައި އަނެއްކާ ވެސް "ސެންޗަރީ" އެއް ހަދާ، އޭނާގެ ވަން-ޑޭ-އިންޓަނޭޝަނަލް (އޯޑީއައި) ތަކުގެ ޖުމްލަ "ސެންޗަރީ" ގެ އަދަދު 49 އަކާ ހަމަކޮށްފައެވެ. މިއީ އޯޑީއައި އެއްގައި އެންމެ ގިނައިން "ސެންޗަރީ" ހަދާފައިވާ ކުޅުންތެރިޔާއާ އެއްހަމަ އަދަދެކެވެ.

އިންޑިއާއިން މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ރޯހިތް ޝަރްމާއާއި ޝުބްމަން ގިލް މޮޅު ކުޅުމެއް ދެއްކިއިރު، ޝްރެޔަސް އިޔާ ވަނީ "ހާފް ސެންޗަރީ" އެއް ހަދާފައެވެ. އަދި ކޯލީއަށްފަހު ކުޅެން ނިކުތް ސްރްޔާ ކުމާރު ޔާދަވް އާއި ރަވެންދްރަ ޖަޑެޖާ ވެސް ވަނީ 300 ލަނޑު ހެދުމުގައި މޮޅު ކުޅުމެއް ކުޅެފައެވެ

ފީލްޑިންގްގައި ސައުތު އެފްރިކާއިން ހުޝިޔާރުކަމާއެކު ކުޅުނު ނަމަވެސް، ފޯމުގައި އޮތް އިންޑިއާ މައިތިރިކުރެވޭ ފޯމިއުލާއެއް އެމީހުންނަކަށް ނުހޯދުނެވެ. އަދި ބެޓިންގގައި 27 އޯވަރުން އެންމެ 83 ލަނޑު ހެދިފައިވަނިކޮށް، އިންޑިއާއިން ވަނީ ސައުތު އެފްރިކާގެ މައްޗަށް ކުރިހޯދާފައެވެ.

މި މެޗަށްފަހު ލީގުގެ އެއް ވަނައިގައި 16 ޕޮއިންޓާއެކު އޮތީ އިންޑިއާއެވެ. އަދި ދެވަނައިގައި 12 ޕްއިންޓާއެކު އޮތީ ސައުތް އެފްރިކާއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.