Advertisement

ޑޯޓްމަންޑް ކޮޅަށް ގޯލު ޖެހުމަށްފަހު ކޭން ---

05 Nov 2023
ކުޅިވަރު

އިތުރު ހެޓްރިކަކާއެކު ޖަރުމަނު ލީގުގައި ރަން ޞަފްޙާތަކެއް ކޭން ލިޔަންފަށައިފި

ޖަރުމަން ބުންޑަސް ލީގުގައި ހޮނިހިރު ދުވަހު ބެޔާން މިއުނިކުން ބޮރޫޝިއާ ޑޯޓްމަންޑާ ބައްދަލުކުރި މެޗު 4-0 ކާމިޔާބުކުރިއިރު، އެ ޓީމުގެ އިންގްލަންޑް ފޯވާޑް، ހެރީ ކޭން މިވަނީ އަނެއްކާވެސް ހެޓްރިކެއް ހަދާފައެވެ. އޭނާވަނީ މިދިޔަ ހަފްތާގެ މެޗުގައި ވެސް ހެޓްރިކެއް ހަދާފައެވެ.

ލީގުގައި މިހާތަނަށް 10 މެޗު ކުޅުނުއިރު ކޭން މިހާރުވެސް 15 ގޯލު ޖަހައިފިއެވެ. މީގެ އިތުރުން، މިއީ މި ސީޒަނުގައި ބެޔާންއަށް ބަދަލުވި ކޭން، އެ ޓީމަށް ކާމިޔާބުކޮށްދިން ތިންވަނަ ހެޓްރިކެވެ

އަދި ޑޯޓްމަންޑް ކޮޅަށް ކާމިޔާބުކުރި ގޯލުތަކާއެކު، ހެރީ ކޭންއަކީ ޖަރުމަނު ލީގުގައި 10 މެޗުން އެންމެ ގިނަ ގޯލު ކާޟިޔާބުކޮށްފައިވާ ކުޅުންތެރިޔާއެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 10 މެޗުން 13 ގޯލު ކާމިޔާބުކުރި ކްލައުސް މަޓިޝަކް އަތުގައެވެ. މަޓިޝެކްގެ މި ރެކޯޑަކީ މީގެ 60 ހަކަށް އަހަރު ކުރިން، 1963/64 ގެ ސީޒަނުގައި އޭނާ ހޯދި ކާމިޔާބީއެކެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.