Advertisement

އިޒްރާއީލްގެ ސިފައިން ލުބުނާނުގެ ގޯލާން ސަރަހައްދުގައި --

03 Nov 2023
ދުނިޔެ

ހިޒްބުﷲގެ ލީޑަރުގެ ތަޤުރީރު ފެށޭ ގަޑި ގާތްވަމުން އަންނައިރު، އިޒްރޭލު ސިފައިން ތައްޔާރީ ހާލަތަށް ގެނެސްފި

ހިޒްބުﷲގެ ލީޑަރުގެ އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރައްވާނެކަން ޔަޤީނާއި ގާތްވެފައި ވާއިރު، އިޒްރޭލުގެ އުތުރުގެ ސަރަހައްދުތަކުގައި އިޒްރޭލު ސިފައިން އެންމެ މަތީ ދަރަޖައިގެ ތައްޔާރީ ޙާލަތަށް ގެނެސްފައިވާ ކަމުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ޙިޒްބުﷲއަކީ އިޒްރޭލުން ހިފާފައިވާ ގޯލާނުގެ އުސްބިންތަކުގެ ބަޔަކުން އިޒްރާއީލް ސިފައިން ފަހަތަށް ޖެއްސި ހަނގުރާމަވެރި ޖަމާޢަތެވެ. އަދި ހިޒްބުﷲއިން އިޒްރޭލާއި ދެކޮޅަށް ރަސްމީ ސިފައެއްގައި ހަނގުރާމަ ފަށައިފިނަމަ އެއީ އިޒްރާއީލަށް ދިފާޢުނުވެވޭ ވަރުގެ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެދާނެ ކަމެކެެވެ.

ހިޒްބުﷲގެ ލީޑަރު ނަޞްރުﷲގެ ޚާއްޞަ ތަޤުރީރެއް މިއަދު ޖީއެމްޓީ ގަޑިން 13:00ގައި ރާއްޖޭގަޑިން 18:00ގައި ދުރަށް ފޮނުވާނެ ކަމުގައި، ހިޒްބުﷲއިން މިދިޔަ ހަފްތާއިން ފެށިގެން އަންނަނީ ބުނަމުންނެވެ. އެ ތަޤުރީރު ފެށުމާއި ހަމައަށް އިޒްރޭލުން ޣައްޒާއަށް ހަމަލާދިނުން ހުއްޓާނުލާނަމަ ހިޒްބުﷲއިން ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ޙިޒްބުﷲއަކީ މުޖާހިދުންގެ ގުރޫޕްތަކުގެ ތެރެއިން އެންމެ ބާރުގަދަ ގުރޫޕެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ، އިޒްރޭލުގެ އުތުރު ސަރަހައްދުތަކުގައި މިހާރު ސިފައިން ތިބީ އެންމެ މަތީ ދަރަޖައިގެ ތައްޔާރީ ހާލަތުގައި ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.