Advertisement

ޙިޒްބުﷲ ހަނގުރާމަވެރިންގެ ލީޑަރު ޙަސަން ނަޞްރުﷲ --

03 Nov 2023
ދުނިޔެ

ހިޒުބުﷲއިން އިޒްރޭލާއި ދެކޮޅަށް ރަސްމީކޮށް ހަނގުރާމަ ޢިއުލާނު ކުރާނެކަމަށް ބެލެވިއްޖެ

ލުބުނާނުގެ ޙިޒުބުﷲ ޖަމާޢަތުން ކުޑައިރުކޮޅެއްގެ ތެރޭގައި ރަސްމީކޮށް އިޒްރާއީލާއި ދެކޮޅަށް ހަނގުރާމައަށް ނުކުންނާނެކަން ޔަޤީނާއި ގާތްވެއްޖެކަމުގައި ރިޕޯޓްތައް ބުނެފިއެވެ.

ލުބުނާނުގެ ޙިޒްބުﷲ ހަނގުރާމަވެރިންގެ ލީޑަރު، ޙަސަން ނަޞްރުއްﷲ ދެއްވާ ތަޤުރީރުގެ ޓީޒަރ އެއް މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ޙިޒްބުﷲ އިން ވަނީ ހާމަކޮށްފައެވެ. ނަޞްރުﷲ މިތަޤުރީރު ދެއްވާނީ، މިއަދު ރާއްޖޭގަޑިން އިރުއޮއްސި 6:00 ގައެވެ. ނަޞްރުﷲގެ ތަޤުރީރުގައި ރަސްމީކޮށް، އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރާނެ ކަމުގައި ވަރަށް ބޮޑަށް ވަނީ ޔަޤިންވެފައެވެ.

ޙިޒްބުﷲއަކީ، ޙަމާސް އާއި އަޅާ ބަލާއިރު، އިޒްރޭލާއި ހަނގުރާމަ ކުރުމުގައި، ހަތިޔާރާއި ވަސީލަތުގެ ގޮތުން މާބޮޑަށްވެސް ކުރިއަރާފައިވާ ޖަމާޢަތެކެވެ. ރަސްމީކޮށް ހަނގުރާމައިގެ ތެރެއަށް ނުވަތް ނަމަވެސް، ޙިޒްބުﷲ އިން ވަނީ، ލުބުނާނާއި އިޒްރޭލު ގުޅޭ ބޯޑަރު ސަރަހައްދާއި އަދި އިޒްރޭލުން ހިފާފައިވާ ލުބުނާނުގެ ގޯލާނުގެ އުސްބިންތަކުގައިވާ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ އެތަންތަން ހަލާކުކޮށްލާފައެވެ.

ޙިޒްބުﷲއިން އިޒްރޭލާއި ދެކޮޅަށް ހަނގުރާމަކުރުމަށް، ރަޝިޔާގެ ކުލީ ސިފައިންގެ ޖަމާޢަތް ވެންގްނަރ އިން އަސްކަރީ ޖެޓްތަކާއި، މިސައިލް އައްޑަނަތައް ފޯރުކޮށްދޭނެ ކަމުގައި އެޖަމާޢަތުން ވަނީ ޢިއުލާނުކޮށްފައެވެ. އަދި އިޒްރޭލާއި ދެކޮޅަށް ހަނގުރާމަކުރާ ފަރާތްތަކަށް އަސްކަރީގޮތުން އެހީތެރިވާނެ ކަމުގައި އުތުރުކޮރެއާގެ ލީޑަރު ކިމްޖޮންގއުންވެސް ވަނީ ޢިއުލާނުކުރައްވާފައެވެ.

އޮކްޓޫބަރު 8 ވަނަ ދުވަހު އިޒްރޭލުން ޣައްޒާއަށް ދޭންފެށި ހަމަލާތަކާއި ގުޅިގެެން، އިޒްރޭލާއި ދެކޮޅަށް މުޖާހިދުންގެ ގުރޫޕްތަކުން ވަނީ ހަމަލާތައް ދޭން ފަށާފައެވެ. އިޒްރޭލާއި ދެކޮޅަށް ޙަމާސް އާއި، އިސްލާމިކް ޖިހާދުން ހަމަލާތައް ދެމުންދާއިރު، ލުބުނާނު ފަޅިން ޙިޒްބުﷲ އިން ވަނީ އިޒްރޭލަށް ހަމަލާދޭން ފަށާފައެވެ. އަދި ސީރިއާގެ ތެރެއިންނާއި، އިރާޤުގެ ތެރެއިން، މުޖާހިދުން ވަނީ އިޒްރޭލަށް ހަމަލާތައް ދޭން ފަށާފައެވެ. މީގެ އިތުރުން، ރަސްމީކޮށް އިޒްރޭލާއި ދެކޮޅަށް ޔަމަނުން ހަނގުރާމަ އިޢުލާނުކޮށްފައި ވާއިރު، ޔަމަނުން އިޒްރާއީލަށް ދަނީ، ބެލެސްޓިކް މިސައިލުންނާއި ޑްރޯންތަކުން ހަމަލާދެމުންނެވެ. އަދި ވަރަށް އަވަހަށް އަސްކަރީ ޖެޓްތައް ފޮނުވައިގެން އިޒްރޭލަށް ހަމަލާދޭން ފަށާނެ ކަމުގައިވެސް ޔަމަނުން ވަނީ ބުނެފައެވެ.

އިޒްރޭލުން ހަމަލާތައް ހުއްޓާނުލައިފިނަމަ އިޒްރާއީލާއި ދެކޮޅަށް ހަނގުރާމައަށް ނުކުންނާނެ ކަމަށް ޙިޒްބުﷲ އިން ދީފައިވާ އިންޒާރަށް އިޒްރާއީލުން ބޯލަނބާފައެއް ނުވެއެވެ. އެހެން ނަމަވެސް ހިޒްބުﷲއިން އިޒްރާއީލާއި ދެކޮޅަށް ރަސްމީކޮށް ހަނގުރާމައަށް ނުކުތުމަކީ މުޅި މެދުއިރުމަތީގައި ހަނގުރާމަފެށިދާނެ ކަމުގެ ބިރު އޮތްކަމެއް ކަމުގައި މުޚައްލިލުން ހާމަކުރައްވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.