Advertisement

ފޮޓޯ: ބީސީސީއައި

03 Nov 2023
ކުޅިވަރު

އިންޑިއާ އިން ސްރީލަންކާ ބޮޑު ތަފާތަކުން ބަލިކޮށްފި

މިހާރު ކުރިޔަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގައި ބުރާސްފަތި ދުވަހު އިންޑިއާއާއި ސްރީލަންކާ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން އިންޑިއާ ކާމިޔާބުކޮށްފިއެވެ. އިންޑިއާއިން މި މެޗު ކާމިޔާބު ކުރީ 302 ލަނޑުންނެވެ.  

ފުރަތަމަ އިނިންގްސްގައި އިންޑިއާއިން ކުޅެން ނިކުމެ، އެ ޓީމުގެ ވިރާތް ކޯލީއާއި ޝުބްމަން ގިލް އަދި ޝްރެޔަސް އިޔާ ވަނީ ކޮންމެ ކުޅުންތެރިއަކު "ހާފް ސެންޗަރީ" ނުވަތަ 50 ލަނޑު ހަދާފައެވެ. މީގެ ބޭނުން އިންޑިއާގައި އެންމެ މޮޅަށް ބޯޅަ އުކާ ކުޅުންތެރިން ހިފިއެވެ. އެގޮތުން ސްރީލަންކާއިން 55 ލަނޑު ހެދިއިރު، އެ ޓީމުގެ ހުރިހާ ކުޅުންތެރިން ނުބައިކޮށް އިންޑިއާއިން މެޗު ކާމިޔާބުކުރިއެވެ.

އިންޑިއާގެ މުޙައްމަދު ޝާމީގެ މޮޅު ބޯވލިންގް ހުނަރާއެކު، މިހާރު ކްރިކެޓް ވޯލްޑް ކަޕްގައި އިންޑިއާއިން އެންމެ ގިނަ ވިކެޓް ނަގާފައިވާ ކުޅުންތެރިއަކީ އޭނާއެވެ. އިންޑިއާ ޓީމުގެ މި ރެކޯޑް އޭނާ މި ހާސިލްކުރީ އެންމެ 14 މެޗުންނެވެ.

މި މެޗުގައި އިންޑިއާގެ ޖަސްޕްރިތު ބުމްރާ އާއި މުހައްމަދު ސިރާޖް ވެސް ދެވަނަ އިނިންގްސްގައި މޮޅު ކުޅުމެއް ދެއްކިއެވެ. ސްރީލަންކާއަށް އެންމެ 55 ލަނޑު ހެދިފައިވަނިކޮށް އެ ޓީމު ހުރިހާ ކުޅުންތެރިން މުޙައްމަދު ޝާމީ ނުބައިކުރިއިރު، އޭނާގެ ކުރިން ޖަސްޕްރިތު ބުމްރާ އާއި މުހައްމަދު ސިރާޖް ވަނީ ބޯލިންގގައި އެ ޓީމުން މެޗުގެ ކޮންޓްރޯލް ނަގާފައެވެ.

އިންޑިއާގެ މި ކާމިޔާބީއަކީ ވަން-ޑޭ-އިންޓަނޭޝަނަލެއްގައި 4 ވަނައަށް އެންމެ ބޮޑު ތަފާތަކުން ނިމުނު މެޗެވެ. މީގެ އިތުރުން މިއީ ވޯލްޑް ކަޕްގައި ދެވަނައަށް އެންމެ ބޮޑު ތަފާތަކުން ނިމިގެން ދިޔަ މެޗެވެ. މިހާތަނަށް އެންމެ ބޮޑު ތަފާތަކުން ވޯލްޑް ކަޕްގައި މެޗެއް ކާމިޔާބުކޮށްފައިވަނީ އޮސްޓްރޭލިއާއިންނެވެ. އެއީ ނެދަލޭންޑްސްއާ ދެކޮޅަށް މީގެ ހަފްތާއެއް ކުރިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.