Advertisement

ޓޭންކަރު ގޮއްވާލައި ހަމާސްއިން މަރާލި އިޒްރޭލު ސިފައިންގެ ގުރޫޕް --

02 Nov 2023
ދުނިޔެ

މިހާތަނަށް ހަމާސްއިން އިޒްރޭލް ސިފައިންގެ 332 މީހުން މަރާލައިފި

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުން އަންނަ މުޖާހިދުންގެ ހަމަލާތަކުގައި މިހާތަނަށް އިޒްރޭލު ސިފައިންގެ 332 މީހުން މަރާލާފައިވާ ކަމުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއި ހާމަކޮށްފައިވާ ގޮތުގައި ޣައްޒާގައި މިއަދު ހިނގި ކުރިމަތިލުންތަކުގައިވެސް އިޒްރޭލު ސިފައިންގެ 3 މީހަކު މަރުވެފައިވެއެވެ. އަދި ހުޅަނގު އައްސޭރީގައިވެސް އިޒްރޭލުގެ އަސްކަރީ އުޅަނދަކަށް މުޖާހިދުން ހަމަލާދީ، އިޒްރާއީލް ސިފައިންގެ މީހަކު މިއަދު ވަނީ މަރާލާފައެވެ. މީގެ އިތުރުން އަންގާރަ ދުވަހު، ހަމާސް ޖަމާއަތުން ވަނީ އިޒްރޭލުގެ ސިފައިންގެ ތެރެއިން އެއް ގައްޒާއަށް ވަތް އެއްގުރޫޕް ތިބި ޓޭންކަރެއް ގޮއްވާލައި އެއްފަހަރާ އިޒްރޭލު ސިފައިންގެ 10 މީހުން މަރާލާފައެވެ.

އިޒްރޭލު ސިފައިން ބަރު ހަތިޔާރާއިއެކު ޣައްޒާގެ ތެރެއަށް ވަދެފައި ވާއިރު، ޣައްޒާއިން އިޒްރޭލު ސިފައިންނާއި ކުރިމަތިވާ ގޮންޖެހުންތަކާއި ލިބޭ ގެއްލުންތައް ބޮޑު ކަމުގައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލާއި ހަމާސް ޖަމާޢަތާއި ދެމެދު ފެށުނު ހަނގުރާމައިގައި، އިޒްރޭލުން ހަމަލާދީ ޝަހީދުކޮށްލި ފަލަސްޠީނުގެ މީހުންގެ އަދަދު ވަނީ ދިހަ ހާހަށް ވުރެ މަތިވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.