Advertisement

އިޒްރޭލުގެ ސިފައިން ތަކެއް -- ފޮޓޯ: ސޯޝަލް މީޑިއާ

01 Nov 2023
ދުނިޔެ

ޣައްޒާގެ ކުރިމަތިލުންތަކުގައި މުޖާހިދުން އިޒްރޭލް ސިފައިންގެ 9 މީހުން މަރާލައިފި

ޣައްޒާގެ އުތުރަށް ވަދެގަތް އިޒްރާއީލް ސިފައިންނާއި ކުރިމަތިލައި، ހަމާސްގެ މުޖާހިދުން އިޒްރޭލު ސިފައިންގެ 9 މީހުން މަރާލާފައިވާ ކަމަށް އިޒްރާއީލުން އެއްބަސްވެއްޖެއެވެ.

އިޒްރާއީލުން ބުނެފައި ވަނީ އިއްޔެއަކީ ޣައްޒާ ހަނގުރާމައިގައި އިޒްރޭލަށް އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި ދުވަސް ކަމަށެވެ. ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި މަރުވިކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި 9 ސިފައިންގެ މީހުންގެ ތެރޭގައި ހިމެނެނީ، މުޅިންވެސް އުމުރުން 25 އަހަރު ނުވާ ޒުވާނުންނެވެ. ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އެންމެ ހަގު މީހާގެ އުމުރަކީ 19 އަހަރެވެ. މަރުވި މީހުންގެ ވަނަވަރު އިޒްރޭލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 19 އަހަރުގެ އެކަކާއި، 20 އަހަރުގެ 4 މީހުންނާއި، އެކާވީސް އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ. އޭގެތެރެއިން އެކަކުގެ އުމުރު އިޒްރޭލުން ހާމަކޮށްފައެއް ނުވެއެވެ.

ކުރިމަތިލުންތަކުގައި އިޒްރޭލުގެ 9 މީހުން މަރުވި ކަމަށް، އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައި ވާއިރު، ހަމާސްގެ މުޖާހިދުން ބުނެފައި ވަނީ ދަންތުރައެއްގައި ޖައްސައި އެއްފަހަރާ އިޒްރޭލު ސިފައިންގެ 20 ވުރެ ގިނަ މީހުން އެއްފަަހަރާ މަރާލާފައިވާ ކަމަށެވެ.

އިއްޔެ ޣައްޒާގައި އިޒްރޭލަށް ލިބުނު ބޮޑު ގެއްލުމާއި އެކު އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވަނީ ކެބިނެޓާއި އެކު ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. އަދި އިޒްރާއީލުގެ އަސްކަރިއްޔާއިން ރޭވަނީ ޖަބަލިޔާ ރެފިއުޖީކޭންޕަށް ބާރުގަދަ 6 ބޮން ވައްޓާލައި 400 ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.