Advertisement

ސައުދީގެ ޕްރިންސް މުޙައްމަދު ބިން ސަލްމާން، ފޮޓޯ: ގެޓީ އިމޭޖަސް

31 Oct 2023
ކުޅިވަރު

ވޯލްޑް ކަޕް 2034 ސައުދީގައި ބޭއްވޭނެކަން ޔަގީންވެއްޖެ

ވޯލްޑް ކަޕް 2034 ބޭއްވުމަށް، ސައުދީ އަރަބިއާގެ އިތުރުން މަސައްކަތްކުރި އޮސްޓްރޭލިއާއިން އެމީހުންގެ ހިޔާލު ބަދަލުވިކަމަށް އިއުލާން ކުރުމާއި ގުޅިގެން، މި ވޯލްޑް ކަޕް ސައުދީގައި ބޭއްވޭނެކަން ޔަގީން ވެއްޖެއެވެ.

ވޯލްޑް ކަޕް 2034 ބާއްވާނީ އޭޝިއާ އަދި އޯޝޭނިއާގައިކަމަށް ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ބުނުމާ ގުޅިގެން، ސައުދީއިން ވަނީ އޮކްޓޯބަރު މަހުގެ ކުރީކޮޅު މިކަމަށް ޝައުގުވެރިކަން ފާޅުކޮށް، ފީފާއަށް ސިޓީ ފޮނުވާފައެވެ. އަދި އޮސްޓްރޭލިއާއިން ނިންމި ނިންމުމާ ގުޅިގެންނާއި، އޮކްޓޯބަރ 31 އަށް ވޯލްޑް ކަޕް ބޭއްވުމުގެ ޝައުގުވެރިކަން އޮތްކަން ފީފާއަށް ހުށަހެޅުމަށް ހުޅުވާލާފައި އޮތް ފުރުސަތުގެ މުއްދަތު ހަމަވާނެތީވެ، ވޯލްޑް ކަޕް ބޭއްވުމުގެ ބިޑް ނޮވެމްބަރ 30 ގައި ހުށަހަޅާނީ ސައުދީއިން އެކަންޏެވެ.

އޮސްޓްރޭލިއާ އެމީހުންގެ ހިޔާލު ބަދަލުކުރި ސަބަބާއި ގުޅިގެން ބުނީ، ވޯލްޑް ކަޕް ބޭއްވުމާ ގުޅޭ ގޮތުން ގިނަ ވިސްނުންތަކެއް ވިސްނުމަށްފަހު 2034 ވަނަ އަހަރު އެކަން ކުރެވެން ނެތްކަމަށް ނިންމީއެވެ. އޭގެ ބަދަލުގައި އެމީހުން ވިސްނަނީ އޭއެފްސީ ވުމަންސް އޭޝިއަން ކަޕް 2026 އާއި އޭގެ ފަހުން 2029 ގައި ފީފާ ކްލަބް ވާލްޑް ކަޕް ބޭއްވުމަށް ކަމަށެވެ.

ކުރިން ސައުދީ އިން ވިސްނީ ވޯލްޑް ކަޕް 2030 އަށް ބިޑް ކުރުމަށެވެ. ނަމަވެސް 2023 ގައި ނަމަ، ގްރީސް އާއި އިޖިޕްޓްއާއެކު 3 ގައުމުގައި ވޯލްޑް ކަޕް ބާއްވަން ޖެހޭތީ، ސައުދީއިން އެގޮތަށް ބޭނުންނުވީއެވެ. އޭގެ ބަދަލުގައި ސައުދީއިން ބޭނުންވީ 2034 ވަނަ އަހަރު މި މުބާރާތް އެ ގައުމުން އެކަނި ބޭއްވުމަށެވެ.

މީގެ އިތުރުން ސައުދީއިން ބުނާ ގޮތުގައި ފީފާގެ 70 އަށް ވުރެން ގިނަ މެމްބަރު ގައުމުން ވަނީ ސައުދީގައި ވޯލްޑް ކަޕް ބޭއްވުމަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.

ވޯލްޑް ކަޕް 2026 އެމެރިކާގައި ބޭއްވުމަށް ނިންމާފައިވާއިރު، ވޯލްޑް ކަޕް 2030 ބާއްވާނީ 6 ގައުމެއްގައެވެ. އޭގެ ތެރެއިން މުބާރާތުގެ ބޮޑުބައި ކުޅޭނީ ސްޕެއިން، މޮރޮކޯ އަދި ޕޯޗުގަލްގައެވެ. އަދި ފުރަތަމަ ވޯލްޑް ކަޕް ބޭއްވިތާ 100 އަހަރުފުރޭ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން، މުބާރާތުގެ ގްރޫޕް ސްޓޭޗްގެ މެޗުތައް އުރުގުއޭ، ޕެރަގުއޭ އަދި އާޖެންޓީނާގައި ކުޅޭނެއެވެ. މި ގައުމުތަކަކީ ފުރަތަމަ ވޯލްޑް ކަޕާ ގުޅުންހުރި ޓީމުތަކެވެ. އެގޮތުން ދުނިޔޭގެ ތައްޓަށް ކުޅޭ ވޯލްޑް ކަޕް ގެ އެންމެ ފުރަތަމަ މުބާރާތް ބޭއްވީ އުރުގުއޭގައެވެ. އަދި އެ ވޯލްޑް ކަޕް ކާމިޔާބު ވެސް ކުރީ އެމީހުންނެވެ. އެ މުބާރާތުގެ ރަނަރ އަޕް ޓީމަކީ އާޖެންޓީނާއެވެ. އަދި މި ލިސްތަށް ޕެރަގުއޭ އިތުރުވީ، ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައިއިދާރާ އެ ގައުމުގައި ހުރެ، އެއީ އެ ސަރަޙައްދުގެ ފުޓުބޯޅައިގެ ތާރީހީ ގައުމެއްކަމަށް ވާތީއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.