Advertisement

އިޒްރޭލުގެ ސިފައިންތަކެއް ހިތާމަފާޅުކުރަނީ --

31 Oct 2023
ދުނިޔެ

ބެއިތު ހަނޫންގައި ހަމާސްގެ މުޖާހިދުން އިޒްރޭލު ސިފައިންނާއި ކުރިމަތިލައި އިޒްރޭލު ސިފައިންގެ ބަޔަކު މަރާލައިފި

ޣައްޒާއަށް ވަދެ ގަތުމަށް މަސައްކަތް ކުރި، އިޒްރާއީލުގެ ސިފައިންނާއި ކުރިމަތިލައި ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި އިޒްރާއީލް ސިފައިންގެ ބަޔަކު މަރާލައިފިއެވެ.

މި ހަމަލާތައް ބަދަލުކޮށްފައިވަނީ، ޣައްޒާގެ އުތުރުގެ އަވަށެއް ކަމުގައިވާ ބައިތު ހަނޫންގައެވެ. ހަމާސްއިން ބުނެފައިވަނީ، ޣައްޒާގެ އުތުރުން ވަދެގަތް އިޒްރޭލު ސިފައިންނަށާއި ޓޭންކަރުތަކަށް އަދި އަސްކަރީ އުޅަނދުތަކަށް މުޖާހިދުން ހަމަލާދީފައިވާ ކަމަށެވެ.

އެހެން ނަމަވެސް މިހަމަލާތަކުގައި މަރުވީ އިޒްރާއީލުގެ ކިތައް ސިފައިން ކަމެއް ސާފެއް ނުވެއެވެ.

ޣައްޒާގެ އުތުރުގެ އަވަށްތަކަށް އިޒްރޭލުގެ އަސްކަރީ ސިފައިން، ބަރު ހަތިޔާރާއި ޓޭންކަރުތަކާއި އަދި އަސްކަރީ އުޅަނދުތަކުގައި ވަނީ ވަދެގެންފައެވެ. އަދި އެސަރަހައްދުގައި މުޖާހިދުން ދަނީ، އިޒްރޭލުގެ ސިފައިންނާއި ކުރިމަތިލަމުންނެވެ.

އިޒްރާއީލުގެ ފައުޖަށް މުޖާހިދުން ހަމަލާދީ އިޒްްރޭލުގެ ސިފައިންތަކެއް މަރާލި އިރު، ޣައްޒާއަށް އެއްގަމުން މަގުން ވަންނަ ސިފައިންނަށް ޣައްޒާއަކީ ނަރަކައަކަށް ވެދާނެ ކަމުގައި މީގެ ކުރިން އިޒްރޭލުގެ ޑިފެންސް މިނިސްޓަރވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.