Advertisement

ޝާނީ ލޫކް - ފޮޓޯ: އިންސްޓަރގްރާމް

30 Oct 2023
ދުނިޔެ

ޝާނީ ލޫކްގެ މަރުވެފައިވާ ހަށިގަނޑު ދެނެގަނެވިފައިވާކަމުގައި އިޒްރޭލުން ބުނެފި

އިސްރާއީލާއި، ޖަރުމަނުގެ ރައްޔިތުކަން އޮންނަ، ޝާނީ ލޫކްގެ މަރުވެފައިވާ ހަށިގަނޑު ދެނެގަނެވިފައިވާކަމުގައި އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެހެންނަަމަވެސް ޝާނީގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ ކޮންތާކުން ކަމެއް ކޮންއިރަކު ކަމެއް އިޒްރޭލުން އަދި ހާމައެއް ނުކުރެއެވެ.

ޔަހޫދީންގެ ކައްފާރާ ދުވަހާއި ދިމާކޮށް، ހިފާފައިވާ ފަލަސްޠީނުގެ ބިމުގައި އިޒްްރާއީލުން ބޭއްވި ނޯވާ މިޔުޒިކް ފެސްޓިވަލްގެ ތެރެއިން ހަމާސްއިން އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންދިޔަ މީހުންގެ ތެރޭގައި، ޝާނީ ހިމެނޭކަމަށް އިޒްރޭލުން ކުރިން ބުނެފައިއެވެ. އަދި އޮރިޔާން ހާލުގައި ޕިކަޕަކަށްލައިގެން ގެންދަނިކޮށް ފެނުނީ، ޝާނީގެ ހަށިގަނޑުކަމަށްވެސް ހަމަލާގެ ކުރީކޮޅު އިޒްރޭލުން ބުނެފައިވެއެވެ. އެހެން ނަމަވެސް ޝާނީ ލޫކް މަރު ނުވާކަމަށާއި އޭނާއަށް ޣައްޒާ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމުގައި، ޝާނީގެ މަންމަ މީޑިއާގައި ހާމަކުރުމަށްފަހު އޭގެ ފަހުން އެކަމާއި ގުޅޭ ގޮތުން އާއިލާއިންވެސް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

ޝާނީ ލޫކްގެ މަރުވެފައިވާ ހަށިގަނޑު ހަމަލާއަށް 23 ދުވަސް ފަހުން ފެނިއްޖެކަމުގައި އިޒްރޭލުން ހާމަކުރި އިރު، ނޯވާ ފެސްޓިވަލުގެ ތެރެއިންނާއި، އިޒްރާއީލުން ހިފާފައިވާ ބިންތަކުގައި ހަދާފައިވާ ޔަހޫދީ އާބާދީތަކުން އެތައް ބަޔަކު މަރުވެގެން ދިޔައީ އިޒްރާއީލު ސިފައިން ހަމާސްގެ މުޖާހިދުންނާއި ދެކޮޅަށް ދިން ވަރުގަދަ ރައްދު ހަމަލާތަކުގެ ސަބަބުންކަމުގައި މިހާރު ވަނީ ހާމަވާން ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.