Advertisement

ފުރަތަމަ ގޯލު ޖެހުމަށްފަހު ބެލިންގްހަމް އުފާފާޅުކުރަނީ، ފޮޓޯ: ގެޓީ އިމޭޖަސް

28 Oct 2023
ކުޅިވަރު

އެލްކްލެސިކޯ ކާމިޔާބުކުރީ މެޑްރިޑް، ހީރޯ އަކީ ބެލިންގްހަމް

ހޮނިހިރު ދުވަހުގެރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މި ސީޒަނުގެ ފުރަތަމަ އެލްކްލެސިކޯ މެޗުގައި ބާސެލޯނާއިން ގޯލެއް ޖަހާފައިވަނިކޮށް، ފަހަތުން އަރާ 2 ގޯލު ޖެހުމަށްފަހު ރެއާލް މެޑްރިޑްއިން މެޗު ކާމިޔާބުކޮށް، ލީގުގެ 1 ވަނައަށް އަނބުރާ ޖެހިލައިފިއެވެ. މި މެޗުގެ ހީރޯއަކީ މި ސީޒަނުގައި މެޑްރިޑަށް ބަދަލުވެ، ފުރަތަމަ އެލްސިކޯ ފެނިލުމުން 2 ގޯލު ކާމިޔާބުކޮށް މެޗުގެ ނަތީޖާ އަނބުރާލި ޖޫޑް ބެލިންގްހަމްއެވެ.

މެޗުގެ ކުރީކޮޅު ލީޑު ނެގީ ބާސެލޯނާއިންނެވެ. އެއީ މެޗުގެ 6 ވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަށް ކުޅޭ އިކްލޭ ގުންޑޮގަން ކާމިޔާބުކޮށްދިން ޕެނަލްޓީއަކުންނެވެ. އަދި ފުރަތަމަ ހާފު ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދިތަން ވެސް ފެނުނީ ބާސެލޯނާއިންނެވެ.

ބާސެލޯނާގެ ގޯލު މެޑްރިޑަށް ފޫއަޅުވާލެވުނީ މެޗުގައި ގަޑިއިރަކަށް ވުރެ ގިނަ ވަގުތު ކުޅެވުންފަހުން، 68 ވަނަ މިނެޓުގައި ބެލިންގްހަމް ކާމިޔާބުކުރި މޮޅު ގޯލަކުންނެވެ. މިއީ ބާސެލޯނާގެ ގޯލާ 30 ޔާޑު ދުރުގައި ހުރެފައި މަތީ ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުން މޮޅުވި ގޯލު، މެޗުން ނިމެންދަނިކޮށް، އިތުރު ވަގުތުގެ 2 ވަނަ މިނެޓުގައި ވެސް ކާމިޔާބު ކޮށްދީފައިވަނީ ބެލިންގްހަމްއެވެ. މި ގޯލާއެކު، އެންމެ 20 އަހަރުގެ ބެލިންގްހަމް މިވަނީ މިސީޒަނުގައި ކްލަބަށާއި ގައުމީޓީމަށް ކުޅުނު 16 މެޗުން 14 ގޯލު ކާމިޔާބުކޮށްފައެވެ. އަދި މެޑްރިޑްގެ ޖާޒީގައި އެ ކްލަބަށް ކުޅުނު ކޮންމެ މެޗަކަށް ގޯލެއް މިވަނީ ހަމަކޮށްފައެވެ.

މެޑްރިޑަށް ބެލިންގްހަމް ގެނައީ މިދިޔަ ޓްރާންސްފާ ވިންޑޯގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްއަށް ޓްރާންސާ ފީގެ ގޮތުގައި 103 މިލިއަން ޔޫރޯ ދީގެންނެވެ. މެޑްރިޑުން ބެލިންގްހަމް ކާމިޔާބުކުރީ ލިވަޕޫލަށް އޭނާ ގެންދިއުމަށް އެ ޓީމުން ވެސް ފާރަލާން ތިއްބައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.