Advertisement

ފައިނަލް މެޗުގައި ޝައްފާން، ފޮޓޯ: ފަޔާޒު މޫސާ | މިހާރު

27 Oct 2023
ކުޅިވަރު

ފޯރިގަދަ މެޗަކަށްފަހު މުންސިފް ބަލިކޮށް ތަށި އުފުލާލީ ޝައްފާން

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފިރިހެން ސިންގަލްސް ފައިނަލް މެޗުގައި 4-2 ސެޓުން މޫސާ މުންސިފް އަޙްމަދު ބަލިކުރުމަށްފަހު، މުޙައްމަދު ޝައްފާން އިސްމާއީލް ތަށި އުފުލާލައިފިއެވެ.

މިއީ މި މުބާރާތުގެ ތައްޓާއި އެންމެ ރަށްޓެހި ކުޅުންތެރިޔާ ބަލިކޮށް، ޝައްފާން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ފައިނަލް މެޗެއްގައި ޝައްފާނަށް މުންސިފް ބަލިކުރެވުނު ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ތަށި ވެސް ޝައްފާން ހޯދީ މުންސިފް ބަލިކުރުމަށްފަހުއެވެ.

މެޗުގެ ފުރަތަމަ 2 ސެޓު ނަގާ، އުއްމީދު ބޮޑުކުރީ މުންސިފްއެވެ. އެ ދެ ސެޓް މުންސިފް ގެންދިޔައީ 11-7 އަދި 11-4 އިންނެވެ.

ނަމަވެސް ފަހުން މުންސިފްއަށް ހެދެމުން ދިޔަ ގޯސްތަކުގެ ނަތީޖާއަށްވީ، އިތުރު އެއްވެސް ސެޓެއް ނުދީ ޝައްފާން 4 ސެޓު ކާމިޔާބު ކުރުމެވެ. މި ސެޓުތައް ޝައްފާން ކާމިޔާބު ކުރީ 11-3، 11-9، 13-11 އަދި 11-3 އިންނެވެ.

ސިންގަލްސް ތަށީގެ އިތުރުން ޝައްފާންވަނީ ޑަބަލްސް ތައްޓާއި މިކްސް ޑަބަލްސް ތަށި ވެސް ކާމިޔާބުކޮށްފައެވެ. ޑަބަލް ތަށި ކާމިޔާބުކުރީ މުޙައްމަދު ތާބިން ޝުޖާއުއާ އެކުއެވެ. އަދި މިކްސް ޑަބަލްސް ކާމިޔާބުކުރީ ދީމާއާއެކުއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.