Advertisement

ޑޯޓްމަންޑާއި ކުޅުނު މެޗުގައި ނިއުކާސްލްގެ ޓްރިޕިއާ، ފޮޓޯ: ޔޫރޯ ސްޕޯޓް

26 Oct 2023
ކުޅިވަރު

ނިއުކާސްލް ބަލިކޮށް، 'ގްރޫޕް އޮފް ޑެތު'ގެ ދެވަނައަށް ޑޯޓްމަންޑް

ބުދަ ދުވަހުގެރޭ ކުޅުނު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ތިން ވަނަ މެޗުގައި، ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން އިނގިރޭސި ކްލަބް ނިއުކާސްލް ޔުނައިޓެޑް ބަލިވެއްޖެއެވެ. ނިއުކާސްލްގެ ސޓ. ޖޭމްސް ޕާކްގައި ކުޅުނު މި މެޗު ޑޯޓްމަންޑް ކާމިޔާބުކުރީ 1-0 އިންނެވެ. މިއީ، 20 އަހަރަށްފަހު ޗެމްޕިއަންސް ލީގަށް ކޮލިފައިވި ނިއުކާސްލްއަށް މި ސީޒަންގައި ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ.

ޑޯޓްމަންޑްއާ ދެކޮޅަށް ނިކުތް އިރު، ނިއުކާސްލް ވަނީ ފުރަތަމަ ދެ މެޗުން 4 ޕޮއިންޓް ހޯދާފައެވެ. އެއީ ފުރަތަމަ މެޗުގައި އޭސީ މިލާންއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެ ލިބުނު 1 ޕޮއިންޓާއި، ދެ ވަނަ މެޗުގައި ގިނަ ބަޔަކު ހައިރާންކޮށްލުމަށްފަހު ޕީއެސްޖީ 4-1 ބަލިކޮށް ހޯދި 3 ޕޮއިންޓެވެ.  

ޑޯޓްމަންޑްގެ މޮޅާއެކު، އެ ޓީމު މިވަނީ ގްރޫޕްގެ ދެވަމައަށް ޖެހިލާފައެވެ. ގްރޫޕްގެ އެއް ވަނައިގައި 6 ޕޮއިންޓާއެކު އޮތީ ޕީއެސްޖީއެވެ. ގްރޫޕް ސްޓޭޖްގައި ކޮންމެ ޓީމަކަށް ވެސް ބާކީ 3 މެޗު އޮތްއިރު، ހުރިހާ ޓީމަކަށްވެސް ކުރިޔަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ގްރޫޕް-ޖީ އަށް ބަލާލާއިރު، ބުދަ ދުވަހުގެރޭ މެންޗެސްޓަރ ސިޓީއިން ވަނީ ޔަންގް ބޯއީސް 3-1 އިން ބަލިކޮށްފައެވެ. އަދި ރ.ބ. ލެޕްޒިގް އިން ރެޑް ސްޓަރ ވެސް ހަމަ އެ ސްކޯއިން ބަލިކޮށްފައިވާއިރު، އެ ދެޓީމު ވެސް އޮތީ ރައުންޑް-އޮފް-ސިކްސްޓީންގެ ފުރުސަތު ވަރަށް ފުޅާކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.