Advertisement

ފޮޓޯ: އެފްއޭ މޯލްޑިވްސް

15 Apr 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ވެލެންސިއާގެ ޖާޒީގައި އިލާން ރާއްޖޭގެ ރެކޯޑެއް

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް 2023 ގެ ދެވަނަ މެޗުގައި ކްލަބް ވެލެންސިއާ އަދި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރި މެޗުގައި ކުޅެ, ކްލަބް ވެލެންސިއާގެ އިލާން އިމްރާން ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހީ ފޮތުން ވަރަށް ޙާއްސަ ޖާގައެއް ހޯދައިފިއެވެ

ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗު ބޮޑު ތަފާތަކުން ސަސް އިން ކާމިޔާބުކުރި ނަމަވެސް, މި މެޗުގައި ކުޅެ އިލާން މި ވަނީ ދިވެހި ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި ޕްރޮފެޝަނަލް ލެވެލްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. މި މެޗު ކުޅުނު އިރު އިލާންގެ އުމުރަކީ 14 އަހަރާއި 2 މަހާއި 28 ދުވަހެވެ

ސީދާ މި ޝަރަފު ނުލިބުނު ކަމުގައިވީނަމަވެސް, ވެލެންސިއާގެ އީތަން ޒަކީ ވެސް މި ވަނީ ސަސްއާ ދެކޮޅަށް ކުޅެ, ޕްރޮފެޝަނަލް ފުޓުބޯޅައިގެ ފުރަތަމަ ފިޔަވަޅު އަޅާފައެވެ. އިލާން އަށް ވުރެއް އީތަން ދޮށިވަނީ މަދު ދުވަސްކޮޅެއްގެ ތަފާތުންނެވެ. މި މެޗު ކުޅުނު އިރު އީތަންގެ އުމުރަކީ 14 އަހަރާއި 5 މަހާއި 8 ދުވަހެވެ

މި ދެކުޅުންތެރިންނަކީ ނިމިދިޔަ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުން ވަރަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފައިވާ ވަރަށް ހުނަރުވެރި ދެ ކުޅުންތެރިންނެވެ

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ, ކްލަބް ވެލެންސިއާގެ އަޙްމަދު ކަޔަން ގިޔާސް ވެގެން ގޮސްފައި މިވަނީ, މި ލެވެލްގައި ކުޅުނު 3 ވަނަ އަށް އެންމެ ހަގު ކުޅުންތެރިޔާއަށެވެ. މި މެޗަށް ނިކުތް އިރު އޭނާގެ އުމުރަކީ 14 އަހަރާއި 6 މަހާއި 6 ދުވަހެވެ.

މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗު އަޙުމަދު މުޖުތަބާ (ފެސްކޯ) ފާހަގަ ކޮށްފައިވާ ގޮތުގައި, މިދިޔަ އަހަރުގެ ޗެމްޕިއަނުންގެ ގޮތުގައި މުބާރާތަށް ނިކުތް ނަމަވެސް ޕްރެޒިޓެންޓްސް ކަޕްގެ ތަށި ދިފާއު ކުރެވޭނެ ފެންވަރު އެޓީމުގައި ނެތްކަމަށް ބުނެވިދާނެ ކަމަށާއި, އެހެން ބުނި ނަމަވެސް އެއީ ކާމިޔާބު ބޭނުން ނުވާތީ ބުނާ އެއްޗެއް ނޫންކަމަށް އޭނާ ފާހަގަކުރިއެވެ. މި ކަމުގައި އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ މުބާރާތަށް ފަރިތަ ކުރަން ލިބުން މުއްދަތު ކުރުވުމުންކަން އޭނާ އިތުރަށް ފާހަގަ ކުރިއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.