Advertisement

ކްލަބް އިމިގްރޭޝަނުން ތަށި އުފުލާލަނީ، ފޮޓޯ: އިމިގްރޭޝަން

24 Oct 2023
ކުޅިވަރު

އޮފީސްތަކުގެ ހޭންޑްބޯލް 7 މުބާރާތް ބޭއްވިއިރު، ހުރިހާ ތައްޓެއް އިމިގްރޭޝަނަށް

އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވަމުން އަންނަ ހޭންޑްބޯލް އަންހެން ފުރަތަމަ ޑިވިޝަން މުބާރާތް އަނެއްކާވެސް ކާމިޔާބުކޮށް، މި ތައްޓަކީ އެހެން ޓީމަކަށް އަތްޖައްސާލެވޭނެ ތައްޓެއް ނޫންކަން ކްލަބް އިމިގްރޭޝަނުން ސާބިތުކޮށްދީފިއެވެމިހާތަނަށް ހޭންޑްބޯލް އަންހެން ފުރަތަމަ ޑިވިޝަންގެ 7 މުބާރާތް ބާއްވާފައިވާއިރު، މި ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާފައިމިވަނީ އެ ޓީމުންނެވެ. އެހެންކަމުން މި މުބާރާތުގެ ތާރީހުގައި އިމިގްރޭޝަނުން ކުރަމުންމިދާ ރަސްކަމުގެ ހަނދާންތައް ޒަމާންތަކަކަށް ދެމިގެންދާނެކަން ޔަގީނެވެ

މި މުބާރާތުގައި ވާދަކުރި 4 ޓީމު ގްރޫޕް ސްޓޭޖްގައި އެއް ޓީމު އަނެއް ޓީމާ ބައްދަލުކުރިއިރު، އިމިގްރޭޝަނުންވަނީ ހުރިހާ މެޗެއްވެސް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ. އެގޮތުން ފުރަތަމަ މެޗުގައި އެމް.އޭ.ސީ.އެލް. ބަލިކޮށްފައިވަނީ 40-08 އިންނެވެ. ދެވަނަ މެޗުގައި ފިނޭންސް 29-12 އިން އަދި ގްރޫޕް ސްޓޭޖް ފަހު މެޗުގައި އައި.ޖީ.އެމް.އެޗް. ބަލިކޮށްފައިވަނީ 39-14 އިންނެވެ.

ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓު ލިބޭ 2 ޓީމް ފައިނަލަށް ދަތުރުކުރާއިރު، ފައިނަލްގައި އިމިގްރޭޝަނާ ދެކޮޅަށް ނިކުތީ އައި.ޖީ.އެމް.އެޗް. އެވެ. ފަސޭހަކަމާއެކު ފައިނަލް މެޗު އިމިގްރޭޝަނުން ކާމިޔާބުކުރީ 46-12 އިންނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އިމިގްރޭޝަންގެ ޖާޒީ ނަމްބަރު 51، ނަޝްފާ އާމިރާއެވެ

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ނަޝްފާއާއެކު އިމިގްރޭޝަންގެ 4 ކުޅުންތެރިއަކު ހިމެނެއެވެ.

މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިން، ފޮޓޯ: އިމިގްރޭޝަން

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.