Advertisement

23 Oct 2023
ކުޅިވަރު

ފަހަތުން އަރާ އަލްމެއިރާ ބަލިކޮށް ޖިރޯނާ ސްޕެނިޝް ލީގުގެ ދެވަނައަށް

އަލްމެއިރާއިން ދެ ގޯލު ކާމިޔާބުކޮށްފައިވަނިކޮށް ފަހަތުން އަރާ ޖިރޯނާއިން ބޮޑު މޮޅެއް އެމީހުންގެ މޮންޓިލިވީ ސްޓޭޑިއަމްގައި ހޯދާ، ސްޕެނިޝް ލީގުގެ ކުރީގައި އޮތް ރިއާލް މެޑްރިޑާ ޕޮއިންޓުގެ ގޮތުން ހަމަކޮށްފިއެވެ. ދެ ޓީމުން ވެސް 10 މެޗުން 25 ޕޮއިންޓް ހޯދާފައިވާއިރު، މެޑްރިޑް ކުރީގައި އޮތީ ގޯލު ތަފާތުންނެވެ.

ހޮނިހިރު ދުވަހު ސެވިއްޔާ އާއި ދެކޮޅަށް މެޑްރިޑް ކުޅުނު މެޗު 1-1 އެއްވަރުވުމުން، އެ ނަތީޖާގެ ފައިދާ ޖިނޯރާއިން މިވަނީ ވަރަށް ރަގަޅަށް ނަގާފައެވެ

ލީގުގެ ފުލުގައި އޮތް އަލްމެއިރާއިން މެޗުގެ 2 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖަހާ، 24 ވަނަ މިނެޓުގައި ލީޑު ފުޅާކުރިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖިރޯނާއިން މެޗުގެ ނަތީޖާ އަނބުރާލިއެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ހަ މިނެޓުގެ ތެރޭގައި 3 ލަނޑު ކާމިޔާބުކޮށް، 10 މެޗުން 8 ވަނަ މޮޅު ހޯދުމަށް ޖިރޯނާއިން އަމާޒު ހިފިއެވެ

މެޗުގެ 37 ވަނަ މިނެޓުގައި ޖިރޯނާގެ އިވާން މާޓިން އެ ޓީމަށް ފުރަތަމަ ގޯލު ކާމިޔާބުކުރިއިރު، މެޗުގެ އޮއިވަރު އަނބުރާލީ 39 ވަނަ މިނެޓާއި 43 ވަނަ މިނެޓުގައި ޑޮވްބީކް ކާމިޔާބުކުރި 2 ގެލޯންނެވެ. އެ ޓީމުގެ 4 ވަނަ ގޯލާއި 5 ވަނަ ގޯލު ކާމިޔާބު ކުރީ މެޗުގެ ފަހުކޮޅުގައި ސެވިއޯ އަދި ސްޓްއާނީއެވެ.

މި ސީޒަނުގައި މޮޅު ނަތީޖާތަކެއް ނެރެމުން އަންނަ ޖިރޯނާ މިހާތަނަށް ބަލިވެފައިވަނީ ހަމައެކަނި މެޑްރިޑު އަތުންނެވެ. އެ މެޗު މެޑްރިޑް ކާމިޔާބުކުރީ 3-0 އިންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.