Advertisement

ފޮޓޯ ކްރެޑިޓް: އެކްޝަން އިމޭޖަސް ފިލްމް

21 Oct 2023
ކުޅިވަރު

އިންގްލެންޑްގެ ވޯލްޑް ކަޕް ތަރި، ސަރ ބޮބީ ޗާލްޓަން މަރުވެއްޖެ

1966 ވަނަ އަހަރު އިންގްލެންޑުން ވޯލްޑް ކަޕް ކާމިޔާބުކުރުމުގައި މުހިއްމު ދައުރެއް އަދާކުރި، އަދި މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް ސާރ ބޮބީ ޗާލްޓަން އުމުރުން 86 އަހަރުގައި މަރުވެއްޖެއެވެ. އޭނާގެ އާއިލާއިން ހާމަކޮށްފައިވާ ގޮތުގައި އޭނާ މަރުވީ ހޮނިހިރު ދުވަހުގެ ހެނދުނުއެވެ

އިންގްލެންޑް ގައުމީ ޓީމާއެކު ޗާލްޓަން ޖުމްލަ 106 މެޗު ކުޅެފައިވާއިރު، ގައުމީ ޓީމަށް އޭނާ ވަނީ 49 ގޯލް ކާމިޔާބުކޮށްދީފައެވެ. އެއީ އޭރު އިނގިރޭސީންގެ ރެކޯޑު އަދަދެކެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު 17 އަހަރުގެ ކެރިއަރުގައި އޭނާ ވަނީ ތިން ލީގު ތައްޓާއި، ޔޫރަޕިއަން ކަޕަކާއި އެފްއޭ ކަޕެއް ހޯދައިފައެވެ. މީގެ އިތުރުން، ކާމިޔާބު ވޯލްޑް ކަޕަކަށްފަހު، އޭނާވަނީ 1966 ވަނަ އަހަރުގެ ބެލަން ޑިއޯ އެވޯޑް ވެސް ހާސިލްކޮށްފައެވެ.

ޗާލްޓަން މަރުވުމާ ގުޅިގެން ޔުނައިޓެޑުން ވަނީ އޭނާ އެ ޓީމަށް ކޮށްދިން ހިދުމަތްތަކުގެ ހަނދާން އާކޮށްފައެވެ. އަދި ޔުނައިޓެޑުން އޭނާ ސިފަކޮށްފައި ވަނީ އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ މޮޅު އަދި ސަޕޯޓަރުންނާއި މުޅި ޓީމު އެންމެ ލޯބިވި އެއް ކުޅުންތެރިޔާގެ ގޮތުގައެވެ.

ޗާލްޓަންގެ މަރަށްފަހު 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅުނު އިންގްލެންޑް ކުޅުންތެރިންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރީ، އެ މުބާރާތުގެ ފައިނަލުގައި އިންގްލެންޑުން ވެސްޓް ޖާރމަނީ 4-2 އިން ބަލިކުރި މެޗުގައި ހެޓްރިކް ހެދި ފޯވާޑް ސަރ ޖެފް ހަރސްޓް އެކަންޏެވެ.

ޗާލްޓަންއަކީ 1958 ވަނަ އަހަރުގެ ފެބްރުއަރީ މަހު މެންޗެސްޓަރ ޔުނައިޓެޑުގެ ކުޅުންތެރިން ދަތުރުކުރި މަތިންދާ ބޯޓެއް ވެއްޓުނު ހާދިސާގައި ސަލާމަތްވި ކުޅުންތެރިއެކެވެ. މި އެކްސިޑެންޓެއްގައި 23 މީހުން މަރުވިއިރު، އޭގެ ތެރޭގައި ޔުނައިޓެޑުގެ 8 ކުޅުންތެރިން ހިމެނެއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.