Advertisement

ފޮޓޯ: އެފްއޭ މޯލްޑިވްސް

15 Apr 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ދަގަނޑޭގެ ދެ ގޯލާއެކު ސަސް އަށް ބޮޑު މޮޅެއް

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް 2023 ގެ ދެވަނަ މެޗުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެލެންސިއާ އަދި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ސަސް ކާމިޔާބު ކޮށްފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗު ސަސް އިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ގޯލު ސަސްއަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާރޒީގައި ފުރަތަމަ ފަހަރަށް ގަލޮޅު ދަނޑަށް ނިކުތް, އަދި ދިވެހި ރާއްޖެ މިހާތަނަށް ދެކުނު އެންމެ ހުނަރުވެރި ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭގެ ދެ މިނެޓު ފަހުން އިބްރާޙިމް އަތީގް ކާމިޔާބު ކޮށްދިން ގޯލާއިއެކު, ފުރަތަމަ ހާފު ނިމުނީ 2-0 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފުގައި ސަސްގެ 3 ވަނަ ގޯލު ކާމިޔާބު ކޮށްދިނީ މުޙައްމަދު ސަޚާއު (ބޭލް) އެވެ. މިއީ ސީދާ ކޯނަރަކުން އޭނާ ކާމިޔާބު ކޮށްދިން ގޯލެކެވެ. އަދި އޭގެ 3 މިނެޓު ފަހުން, ޕެނަލްޓީ އޭރިޔާ ބޭރުން ގޯލަށް އަމާޒުކޮށް ބާރު ހަމަލާއެއް ފޮނުވާލާ, ދަގަނޑޭ އޭނާގެ 2 ވަނަ ގޯލު ކާމިޔާބު ކުރިއެވެ. ސަސްގެ 5 ވަނަ ގޯލު ކާމިޔާބު ކޮށްދިނީ މެޗު ނިމެން ކުޑަތަން ވެފައިވަނިކޮށް އަޙުމަދު ހަމީދުއެވެ

މެޗުން ބަލިވި ނަމަވެސް, ކްލަބް ވެލެންސިއާގެ އިލާން އިމްރާންއަށް އެއީ ވަރަށް ޙާއްސަ މެޗެކެވެ. ސަބަބަކީ މި މެޗާއެކު އޭނާއަކީ ދިވެހި ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި ޕްރޮފެޝަނަލް ލެވެލްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ ކަމުގައި ވެގެން ދިއުމެވެ. މި މެޗު ކުޅުނު އިރު އިލާންގެ އުމުރަކީ 14 އަހަރާއި, 2 މަހާއި އަދި 28 ދުވަހެވެ. ސީދާ މި ޝަރަފު ނުލިބުނަސް, ވެލެންސިއާގެ އީތަން ޒަކީ ވެސް މި ވަނީ ސަސްއާ ދެކޮޅަށް ކުޅެ, ޕްރޮފެޝަނަލް ފުޓުބޯޅައިގެ ފުރަތަމަ ފިޔަވަޅު އަޅާފައެވެ. އިލާން އަށް ވުރެއް އީތަން ދޮށިވަނީ މަދު ދުވަސްކޮޅެއްގެ ތަފާތުންނެވެ. މި މެޗު ކުޅުނު އިރު އީތަންގެ އުމުރަކީ 14 އަހަރާއި 5 މަހާއި 8 ދުވަހެވެ. މި ދެކުޅުންތެރިންނަކީ ނިމިދިޔަ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުން ވަރަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފައިވާ ވަރަށް ހުނަރުވެރި ދެ ކުޅުންތެރިންނެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.