ނޫން ޕްލޭ
ވީޑިއޯ
14 Apr 2024
ވީޑިއޯ
ހެޔޮ ޢަމަލުތަކުގެ ޘަވާބު އުނިވާކަންތައްތައް: ތިމާއަށް ތިމާ ފެނުން
މީހާ ހަލާކުވެގެން ހިނގައިދާނެ ތިންކަމެއް ކީރިތި ރަސޫލާ ބަޔާންކޮށްދެއްވި ހިނދު އޭގެތެރެއިން އެންމެ ނުރައްކާތެރިކަމެއްގެ ގޮތުގައި ބަޔާންކުރެއްވީ، ތިމާއަށް ތިމާ ފެނުން. ތިމާކުރާ ހެޔޮކަންތަކާމެދު ހެއްލުންތެރިވުން. އެހެންމީހުންނަށް ތިމާއަށް ކުރެވޭ ވަރަށް ހެޔޮކަންތައް ނުކުރެވޭކަމުގެ އިޙްސާސްކުރެވެން ފެށުން.
13 Apr 2024
ވީޑިއޯ
ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: އަތްބެލުން ނުވަތަ ފާލުބެލުން
އަތްބަލާ ނުވަތަ ފާލުބަލާ މީހެއްގެ ގާތަށް ގޮސް އެމީހަކު އެ ދައްކާ ވާހަކަ ގަބޫލުކުރުމަކީ ނުރައްކާތެރިކަމެއް. އެކަމުން އަހަރެމެންގެ ހެޔޮ އަމަލުތައް ބާޠިލުވެގެން ހިނގައިދާނެ. އެހެނީ، އެހާލަތަށް ގޮސްފިނަމަ އޭނާވާނީ ދީނުން ބޭރުވެފައިވާ މީހެެއް ކަމުގައި.
12 Apr 2024
ވީޑިއޯ
ފިޓްނަސް ދެމެހެއްޓުމަށް ޓްރެކަށް ވަދެ ދުވަންފެށި ގޮތަށް ހުއްޓުމެއްނެތި 42 ކިލޯމީޓަރާ ހަމައަށް
ބާސްކެޓް ކޯޓުން ވިދާލައި، ގައުމީ ބާސްކެޓް ބޯޅަ ޓީމުގެ އިތުރުން ގައުމީ ހޭންޑް ބޯޅަ ޓީމަށް ވެސް ކުޅެފައިވާ ހުސްނާ މުޙައްމަދު (ހުސީ) އަކީ ކުޅިވަރުގައި އައު ނަމެއް ނޫނެވެ. އެހެން އެތުލީޓުންނާ ހިލާފަށް، ހުސީގެ ކުޅިވަރުގެ ކެރިއާ ފެށުނީ ސްކޫލް ދައުރަށްފަހުގައި ނަމަވެސް، އޭނާވަނީ ގިނަ ކުޅިވަރުތަކެއް މޮޅަށް ކުޅެ، ރަންވަނަތައް ހޯދާފައެވެ. އޭގެ ފަހުން މި ކުޅިވަރުތަކާ ކޮންމެވެސް ވަރަކަށް ދުރަށް ޖެހިލުމަށްފަހު، ހުސީއަކީ މިހާރު މެރަތަން ދުވުންތެރިއެކެވެ. އޭނާ މެރަތަން ދުވުމުގެ ފަރިތަކުރުންތައް ހަދަމުންދަނީ އެލީޓް ރަނާސްއާއެކު، ޝަރަފް ކޯޗުގެ އިރުޝާދުގެ ދަށުންނެވެ.
09 Apr 2024
ވީޑިއޯ
ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: ސިޙުރު ހެދުން
ސިހުރު ހަދާ މީހާއަކީ ކިތަންމެ ގިނަ ހެޔޮ އަމަލެއްކޮށް، ކުރީ ސަފުގާ ނަމާދުކޮށް، ޚަތިމްކޮށް، ރޭ އަޅުކަންކޮށް، ޞަދަގާތްކޮށް، ޒިކުރުކޮށް ނުވަތަ އެނޫން ވެސް ހެޔޮ އަމަލުތައްކޮށް އުޅޭ މީހަކަށް ވީނަމަވެސް، އެމީހެއްގެ ޢަމަލުތައް މާތް ﷲ ގެ ހަޟްރަތުގައި ޤަބޫލު ނުކުރެވޭނެ.
08 Apr 2024
ވީޑިއޯ
ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: ކަލަގޮވުމާއި އުނދަގޫދިނުން
މި މާތް މައްސަރުގައި ވެސް އަދި އެ ނޫން މައްސަރުތަކުގައި ވެސް އަޅުގަނޑުމެންތެރޭގައި ޞަދަޤާތްކުރާ އެތައް ބަޔަކު އުޅޭނެ. ނަމަވެސް ޞަދަޤާތް ދިނުމަށްފަހު ކަލަގޮވުން ނުވަތަ ފަޤީރު މީހާ ދެރަވާފަދަ ބަސްތައް ބުނުމަކީ އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތައް ބާޠިލް ވެދާނެފަދަކަމެއް.
08 Apr 2024
ވީޑިއޯ
ޚާދިމް | ޑރ. އަޙްމަދު ޝަމްޙީދު
"ނޫން.އެމްވީ" ގެ ޚާދިމް ޕްރޮގްރާމުގެ މި އެޕިސޯޑުގެ މެހެމާނަކީ ޑރ. އަޙްމަދު ޝަމްޙީދު. ޑރ. ޝަމްޙީދަކީ ސިވިލް އިންޖިނިއަރިން ދާއިރާއިން ޑޮކްޓްރޭޓް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެއް.
07 Apr 2024
ވީޑިއޯ
ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: ﷲ ތަޢާލާގެ މައްޗަށް ތައައްލީ ކުރުން
މީސްމީހުންނަށް ޙުކުމް ނުޖައްސަވާ! ﷲ ގަންދީ ހުވާކޮށް މިވެނި މީހަކު ދުވަހަކު ވެސް އިޞްލާޙެއް ނުވާނެއޭ، އޭނާ ދާނީ ނަރަކައަށޭ، އޭނާއަށް ﷲ ނުފުއްސަވާނެއޭ، މިފަދަ ބަސްތަކުން މީހުންނަށް ޙުކުމްކޮށް ﷲ ގެ މައްޗަށް ތައައްލީ ނުކުރައްވާ!
06 Apr 2024
ވީޑިއޯ
ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: ބިދުޢަ ހެދުން
ބިދުޢައާއި ޚުޒަޢުބަލާތާއި ޚުރާފާތުގެ މައްޗަށް އަޅުގަނޑުމެންގެ އަޅުކަންތައް ބިނާ ނުކުރައްވާ. އަޅުކަމެއް ކުރުމުގެ ކުރިން އެ އަޅުކަމެއް ކުރަން ދީނުގައި އައިސްފައިވާ އެންމެ ޞައްޙަ ގޮތް އުނގެނިވަޑައިގަންނަވާ!
05 Apr 2024
ވީޑިއޯ
ކޮފީ ވިތު ސްލޭމާން - ސީޒަން 2 | އެޕިސޯޑު 3
މި އެޕިސޯޑުގެ މެހެމާން، ޒީނާ ޒާހިރަކީ މީޑިއާގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ، މި ދާއިރާގައި ދިގު ތާރީހެއް އޮތް ބޭކަނބަލެއް. އޭގެ ތެރެއިން ގިނަ ތަޖުރިބާތައް ވަނީ މި ޕްރޮގްރާމުގައި ހިއްސާ ކުރައްވާފައި.
05 Apr 2024
ވީޑިއޯ
ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: ޢަޞުރު ނަމާދު އެޅުން
ޢަމަލު ބާޠިލްވާކަންކަން ދެނެގަނެ އެކަންކަމުން ދުރުވެގަތުމަށް ގަދައަޅާ މަސައްކަތްކުރައްވާ! ނޫންނަމަ، އަޅުގަނޑުމެން ކުރާ އެތައް ހެޔޮ ޢަމަލުތަކެއް ބޭކާރުވެގެން ހިނގައިދާނެ.
04 Apr 2024
ވީޑިއޯ
ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: ކުޑަ ޝިރުކު ނުވަތަ ދެއްކުންތެރިކަން
ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުންނޭވެ. އަޅުގަނޑުމެން ކުރަމުން މިދާ ހެޔޮ ޢަމަލްތައް ބޭކާރުވެ ނުދިޔުމަށްޓަކައި ދެއްކުންތެރިކަމުން ދުރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާށެވެ.
03 Apr 2024
ވީޑިއޯ
ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: ކީރިތި ރަސޫލާ ގެނެސްދެއްވި ހިދާޔަތު ބޮލާލައިޖެހުން
އަޅުގަނޑުމެން ކުރާ ޢަމަލުތައް ޤަބޫލުވެގެންދާނީ މާތް ނަބިއްޔާ ދެއްކެވި ހިދާޔަތުގައި ހިފަހައްޓައިގެން. އެކަލޭގެފާނަށް ފުރިހަމަ މާނައިގައި ތަބާވެގެން. އެހެންކަމުން އެކަމާމެދު ޚާއްޞަ ސަމާލުކަމެއް ދޭބަޔަކަށް އަޅުގަނޑުމެން ވަމާތޯ!
02 Apr 2024
ވީޑިއޯ
ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: އިސްލާމްދީނުގައި ޝަރުޢުވެގެންވާ ކަމަކަށް ނުރުހުންތެރިވުން
އިސްލާމް ދީނުގެ ހުރިހާ ކަމަކަށް އަޅުގަނޑުމެން އީމާންވާންޖެހޭ! އަދި އެ ދީނުގައި އައިސްފައިވާ ހުރިހާ ކަމަކާމެދު ރުހި ޤަބޫލުވާންޖެހޭ! އެއިން އެންމެ ކަމަކަށް ނުރުހި ހުރެ އަޅުގަނޑުމެން ކިތަންމެ ގިނަ ޢަމަލުކުރިނަމަ ވެސް އަޅުގަނޑުމެންގެ ޢަމަލުތައް ބާޠިލްވެ ހިނގައިދާނެ!
01 Apr 2024
ވީޑިއޯ
ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: މުރުތައްދުވުން
އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ އެއްކަމަކީ ދީނުގައި ސާބިތުވެތިބުން. ދީނުން ބޭރުވާފަދަ ބަހެއް ބުނެވިދާނެތީ ނުވަތަ އިޢުތިޤާދެއް ކުރެވިދާނެތީ އެކަމަށް ރައްކާތެރިވުން. ނޫންނަމަ، އަޅުގަނޑުމެންގެ ޢަމަލުތައް ބާޠިލްވެ ހިނގައިދާނެ.
31 Mar 2024
ވީޑިއޯ
ހެޔޮ އަމަލުތައް ބާޠިލުވާނެ ކަންކަން: ޝިރުކުކުރުން
ޝިރުކާމެދު ސަމާލުވެލައްވާށެވެ. ނޫންނަމަ އަޅުގަނޑުމެން މި ރޯދަމަހު ކުރަމުންދާ ހެޔޮ ޢަމަލުތައް ބާޠިލްވެ ބޭކާރުވެގެން ހިނގައިދާނެއެވެ.
31 Mar 2024
ވީޑިއޯ
ކުޑަ ކަމަކުން ބޮޑު ދަރުމައެއް: ހެޔޮކަންކަމަށް މަގުދެއްކުން
ގިނަ މީހުންނަކީ މީސް މީޑިއާގެ ވަޞީލަތްތައް ބޭނުންކުރާ މީހުން. އެފަދަ ވަޞީލަތްތަކުން ޢިލްމު ފަތުރާނަމަ، ޝައްކެއްނެތް އެތައް ބަޔަކަށް ރަނގަޅު ގޮތް އެނގިގެންދާނެ. އަދި އެއާ އެއްގޮތަށް ގިނަ ބަޔަކު ޢަމަލުކުރާނެ.