ލައިފްސްޓައިލް
02 Apr 2024
ލައިފްސްޓައިލް
ރަން ނަގާ މީހުންނަށް ފެނުނީ އައިސް އޭޖުގެ ދުވަސްވަރު ދިރިއުޅުނު ޖަނަވާރެއް!
މި ޖަނަވާރުގެ ނަސްލު ދުނިޔެއިން މުޅިން ނެތިގެން ދިޔައީ، އެންމެ ފަހުން ދުނިޔެއަށް ކުރިމަތިވި އައިސް އޭޖުގައެވެ. ދުނިޔެ ފިނިގަދަ ގަދަވެގެންސް ގޮސް އެކީގައި ގަނޑުވުމާއި އެކު ދުނިޔޭގައި އޭރު ދިރިއުޅެމުން ދިޔަ އެތައް މިލިއަން ދިރުންތަކެއް ނެތިގެން ދިޔައެވެ.
29 Mar 2024
ލައިފްސްޓައިލް
ސުނާމީގައި ކަނޑަށް ގެއްލުނު އަނބިމީހާ ފެނޭތޯ ފީނާތާ 11 އަހަރު!
ޓަކަމަސޫ ބުނީ ގެއްލިފައިވާ އަނބިމީހާ ފެނިދާނެކަމަށް ހީނުވިޔަސް އޭނާ އުއްމީދު ކަނޑައި ނުލާނެ ކަމަށެވެ. އަދި އޭނާ ދިރިދުނިޔޭގައި ހުރިހާ ދުވަހަކު، އަނބިމީހާގެ އެއްވެސް އަސަރެއް ފެނޭތޯ މަސައްކަތް ކުރާނެ ކަމުގައި އޭނާ ބުންޏެވެ.
29 Mar 2024
ލައިފްސްޓައިލް
ސުނާމީ ކާރިސާތަކުގަައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރެވޭ ކެޕްސޫލްއެއް!
މި ކެޕްސޫލްތައް ހަދާފައި ހުންނަނީ ވައްކޮށް، އޭގެ ތެރޭގައި މީހުންނަށް ވަދެ ތިބެވޭގޮތަށެވެ. އަދި ސުނާމީއެއް ކުރިމަތިވާ ހާލަތުގައި އޭގެ ކެޕްސޫލްއަކަށް ވަދެ ތިބުމުން، ސުނާމީގެ ރާޅުގަނޑުގެ ތެރޭގައި އޮޔާ ދިޔަ ނަމަވެސް ފުރާނަ ސަލާމަތް ކުރެވެއެވެ.
28 Mar 2024
ލައިފްސްޓައިލް
'ސޫޓީ' ބްރޭންޑްގެ ހިޖާބު އަޅާނެ ގޮތް
މި ވީޑިއޯގައި ސްޓައިލް ކުރުމަށް ބޭނުންކޮށްފައިވަނީ ރާއްޖޭގައި މަޝްހޫރު ހިޖާބު ބްރޭންޑެއްކަމުގައިވާ 'ސޫޓީ' ބްރޭންޑްގެ ހިޖާބެވެ. މިއީ ރާއްޖޭގެ ފުރަތަމަ ލަގްޒަރީ ހިޖާބު ބްރޭންޑެވެ. ފުރަތަމަ ސްޓައިލިންގައި މޮޑެލް އެޅުމަށް ބޭނުންކޮށްފައިވަނީ ޕްރެމިއަމް ޝިފޯން މެޓީރިއަލްގެ ޝޯލްއެކެވެ. މި ވީޑިއޯގައި ސޭފްޓީ ޕިން ނުވަތަ ދަތީގެ ބަދަލު ރިޒްނާ ބޭނުންކޮށްފައިވަނީ އާއްމުންގެ ތެރޭގައި މިހާރު މަޝްހޫރު މެގްނެޓް ޕިންސްއެވެ.
28 Mar 2024
ލައިފްސްޓައިލް
އެމެރިކާއިން ބޮން އަޅާތީ ފުރާނަ ސަލާމަތް ކުރަން ޖަންގައްޔަށް ވަތް ދެބަފައިން ފެނުނީ 40 އަހަރު ފަހުން!
2013 ވަނަ އަހަރު، ވިއެޓްނާމްގެ ޖަންގަލިތެރޭގައި ހުރި ގަހެއްގައި ހަދާފައިވާ ކުޑަ ހަޓެއްގައި މިދެބަފައިން ދިރިއުޅެނިކޮށް ފެނުމުން ކަމާއި ބެހޭ ފަރާތްތަކަށް ލިބުނީ ޝޮކެކެވެ. އެދެބަފައިން ފެނުނު އިރު، ހޯ ވޭން ތަންގެ އުމުރުން 81 އަހަރުވެ، މުސްކުޅިވުމުގެ ސަބަބުން އޭނާ އޮތީ ބަލި ތަންމަތީގައެވެ.
28 Mar 2024
ޚަބަރު
މަތިންދާ ބޯޓުގައި އެންމެ ލަހުން ދެވެނީ ސިންގަޕޫރަށް!
ވައިގެ ދަތުރުފަތުރާއި އެކު މިހާރު ދުނިޔޭގެ އެންމެ ދުރު ޤައުމުތަކަށްވެސް، މަދުވެގެން 24 ގަޑިއިރުގެ ތެރޭގައި އެއްޤައުމުން އަނެއް ޤައުމަށް ދަތުރު ކުރެވޭނެއެވެ. އެހެން ނަމަވެސް ދިގު ފްލައިޓް ދަތުރެއް ކުރަން ޖެހުމަކީ ވަރަށް ގިނަ މީހުންގެ ޝަކުވާއެކެވެ.
26 Mar 2024
ވާހަކަ
ކުރުވާހަކަ: ޒީނާ
ޖަލުގޮޅިއަށް ޒީނާގެ ދެއަތުން ބައްޕަ ކޮއްޕާ ވައްޓާލުމަށްފަހުގައި އޭނާގެ ހަޔާތަށް ވީގޮތެއް ބައްޕަ އަޑުއަހައި އޭނާއަށް ހިތްހަލާލު ދޭނެއެކޭވެސް ހިތެއް ނުބުނެއެވެ. އެހެނީ، ޒީނާ އޭނާގެ ބައްޕައަށް ދިނީ އެއަށްވުރެ މާބޮޑު އަނިޔާއެކެވެ. ދުވަހަކުވެސް އުފަންދަރިއަކު އޭނާގެ އޭނާގެ ބައްޕައަށް ދީފައި ނުވާފަދަ ބޮޑު އަނިޔާއެކެވެ. ޒީނާއަށް އިހްސާސްވެއެވެ. އެއީ މަޢާފެއް ނެތް ކުށެކެވެ. ތައުބާ އާއި ކައްފާރާއެއް ނެތް ފާފައެކެވެ.
26 Mar 2024
ލައިފްސްޓައިލް
ރަންވޭ މަތިން ބޮޑު މަތިންދާ ބޯޓެއް ވަގަށް ނަގައިގެން ދިޔަ ދެމީހުންނަށް ވީގޮތެއް ނޭނގުނު!
ބޯޓު ވަގަށް ނެގި އެމެރިކާ މީހާއަކީ، ޖޯން މައިކަލް ނަމަކަށް ކިޔާ މީހެކެވެ. އެވައްކަމުގައި އޭނާއަށް އެހީތެރިވެދޭން ހުރި މީހާއަކީ، ޕަޑިއްލާ ނަމަކަށް ކިޔާ މީހެކެވެ.
25 Mar 2024
ލައިފްސްޓައިލް
ދުނިޔޭގެ އެންމެ ބޮޑު ލިފްޓަށް އެއްފަހަރާ 235 މީހުންނަށް އެރޭ!
ދުނިޔޭގައި އިމާރާތްކުރުމުގެ ސިނާޢަތަށް އައި ކުރިއެރުންތަކާއި އެކު އުސް އިމާރާތްތައް ބިނާކުރެވެމުން ދިޔައިރު، އީޖާދު ކުރެވުނު އެކައްޗަކީ، މީހުން އެއް ފަނގިފިލާއިން އަނެއް ފަންގިފިލާއަށް ދަތުރުކުރުމަށް ބޭނުން ކުރާ ލިފްޓެވެ.
24 Mar 2024
ލައިފްސްޓައިލް
ދުނިޔޭގެ އެންމެ ބަރު މީހާގެ ހަށިގަނޑުގައި 635 ކިލޯ ހުރި!
ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ބަރު މީހަކީ އެމެރިކާއަށް އުފަން ޖޮން ބްރޯވަރ މިނޯޗް އެވެ. އޭނާގެ އެންމެ ބަރު ދުވަސްވަރު، ބަރުދަނުގައި 635 ކިލޯ (ބައިޓަނު) ހުއްޓެވެ. އެބަރުދަނަކީ، އާދައިގެ ކުޑަޕިކަޕަކަށްވެސް ނުއުފުލޭ ވަރުގެ ބަރުދަނެކެވެ.
22 Mar 2024
ލައިފްސްޓައިލް
ރެޑް ސީގައި ރޮނާލްޑޯ ހަދަމުންދަނީ ރާއްޖޭގެ ރިޒޯޓަކާ ވައްތަރު ރިޒޯޓެއް
ޖޯޖީނާއާއި ރޮނާލްޑޯ ސޯޝަލް މީޑިއާގައި އާންމުކުރި ބައެއް ފޮޓޯ ތަކާއި ސްޓޯރީތަކުން، އެ އާއިލާ ޗުއްޓީ ހޭދަކޮށްލުމަށް ދިވެހި ރާއްޖެއަށް އައިސް ތިބެ އެ ހިއްސާކުރަނީ ރާއްޖޭގެ މަންޒަރުތައްކަމަށް ހީވެދާނެއެވެ. ނަމަވެސް ރަގަޅަސް ބަލާލުމުން އެއީ ރާއްޖެ ނޫންކަން އެނގެއެވެ.
22 Mar 2024
ލައިފްސްޓައިލް
އުތުރު ކޮރެއާގެ ކުރީގެ ރައީސާއި އޭނާގެ ދަރިކަލުން ވަގު ޕާސްޕޯޓެއްގައި ޑިޒްނީ ލޭންޑަށް ދިޔަތަ؟
އުތުރުކޮރެއާގެ ކުރީގެ ރައީސް، ކިމް ޖޮން އިލް އާއި ދަރިކަލުން، މިހާރުގެ ރައީސް ކިން ޖޮން އުން، 1990ގެ އަހަރުތަކުގެ ތެރޭގައި، ޖަޕާނުގެ ޑިޒްނީ ލޭންޑަށް ވަޑައިގެންނެވި ކަމަށް ބުނެފައި ވަނީ، ބްރެޒިލްގެ ފޭކް ޕާސްޕޯޓެއްގައެވެ.
22 Mar 2024
ޚަބަރު
ފޭކް ކާބޯތަކެތީގެ ވިޔަފާރި، މިއީވެސް ބޮޑު އިންޑަސްޓްރީއެއް!
ޖަޕާނުގެ ފޭކް ކާބޯތަކެތީގެ އިންޑަސްޓްރީގައި ދިގު ތާރީޚެއް އޮވެއެވެ. އޮސާކާގެ މޮރީނޯ ސާމްޕަލް ވޯކްޝޮޕްގައި ފޭކް ކާބޯތަކެތި އުފައްދަމުން އަންނަތާ 45 އަހަރަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ.
21 Mar 2024
ޚަބަރު
ޑްރޯން ޓެކްސީގައި ސީދާ ގެއަށް! ސަތޭކަ އަހަރަށް ފަހުން މަތިންދާ ބޯޓުތަކުގެ ޒަމާން ނިމެނީ!
ވައިގެ ދަތުރުފަތުރުގެ ތާރީޚަށް ބަލާއިރު، މީލާދުގެ 2000 އަހަރު ކުރިންވެސް އިންސާނުން، ބޮޑެތި ގުޑިތައް (ކައިޓް) ބޭނުންކޮށްގެން އުސްތަންތަނުން ތިރިޔަށް ސަލާމަތްތެރިކަމާއި އެކު ފައިބައި އުޅުނެވެ. އެއީ ވައިގެ ދަތުރުގެ ފުރަތަމަ ފެށުމެވެ. އޭގެ ފަހުން 1783ގައި ހޮޓް އެއާ ބެލޫން އީޖާދުވުމާއި ދެމެދު ތިން ހާސް އަހަރު ހޭދަވިއެވެ. ހޮޓް އެއާބެލޫނަށް ފަހު، މި ޒަމާނުގެ މަތިންދާ ބޯޓުގެ ފެށުމަކީ، 1903 ވަނަ އަހަރު، ރައިޓް ބްރަދާސް އިން އީޖާދު ކުރި މަތިންދާ ބޯޓެވެ.
21 Mar 2024
ލައިފްސްޓައިލް
ކަންފަތުލާ އެއްޗަކާއެކު ހިޖާބު ސްޓައިލްކުރާނެ ގޮތް
މިދޫ މި ގެނެސްދޭ ސްޓައިލަކީ ޕާޓީ އަދި ވެޑިންގްތަކާއި ގުޅޭ ޗާލު ސްޓައިލެކެވެ. މިދޫ ބުނީ މިއީ މިދޫ އަށް ވެސް ވަރަށް ހާއްސަ ސްޓައިލްތަކެއް ކަމަށާއި މިއީ ޕާސަނަލް ފެވަރިޓް ސްޓައިލް ކަމުގައެވެ. އަދި އެންމެ ގިނަ ކުދިންގެ ރިކުއެސްޓު އަންނަ ސްޓައިލްކަން ވެސް މިދޫ ފާހަގަ ކުރިއެވެ.
21 Mar 2024
ލައިފްސްޓައިލް
2023 ވަނަ އަހަރު އެންމެ ގިނަ މީހުން ޒިޔާރަތް ކުރި ތަނަކީ ދުބާއީ މޯލް
18 ވަނަ ޤަރުނު ނިމުނުއިރު، މަސްވެރި ކުޑަކުޑަ އަވަށެއްގެ ގޮތުގައި އޮތް ދުބާއީ އަކީ، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ މީހުން ޒިޔާރަތްކުރާ ސިޓީއެވެ. އަދި ދުބާއީ އަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ފަސްތަރީގެ ހޮޓާތައް ހުރި ސިޓީގެ އިތުރުން، ދުނިޔޭގައި މިހާތަނަށް ބިނާކުރެވުނު އެންމެ އުސް އިމާރާތަކީވެސް، ދުބާއީގެ ބުރުޖު ޚަލީފާއެވެ.