Advertisement

ނޫން ޕްލޭ
19 Mar 2024
ރިޕޯޓް
އޭޕްރީލްމަހުގައި ސަރުކާރު ބަންދު 19 ދުވަސް، ސަރުކާރު މުވައްޒަފުންނަށް ބޮޑު ޗުއްޓީއެއް!
ސަރުކާރުން ރަސްމީ ބަންދު ދުވަސްތައް ކަނޑައެޅުމުގައި މިގެންނެވި ބަދަލާއި އެކު، އޭޕްރީލް މަހުގައި ޖުމުލަ 19 ދުވަހަކީ ސަރުކާރުގެ މުވައްޒަފުންނަށް ރަސްމީ ބަންދު ދުވަސްތަކެވެ. އަދި ރަސްމީ ދުވަހުގެ ގޮތުގައި ސަރުކާރު މުވައްޒަފުން ވަޒީފާއަށް ނުކުންނަށް ޖެހޭނީ 11 ދުވަހުގައެވެ.
16 Mar 2024
ރިޕޯޓް
ދިވެހި އަސްކަރިއްޔާގެ އެއާކޯ އުފެއްދުން، ޝުކުރާއި ތަޢުރީފާއި، ޝައްކާއި ސުވާލު!
ސަރުކާރުގެ މި ފިޔަވަޅާއި އެކު އިދިކޮޅުން އުފައްދަނީ މުޅިން އެހެން ސުވާލެކެވެ. އެއީ އަސްކަރީ ޤާބިލްކަން ދިވެހިން އަމިއްލައަށް އިތުރު ކުރުމަށް ވުރެ، އެކަމުގެ ޚަރަދާއި، އިޤުތިޞާދީ ފައިދާ އާއި މެދު އުފައްދާ ސުވާލެވެ. މިގޮތުން އެއަރކޯގައި ބޭނުން ކުރުމަށް އަލަށް ގެނައި ޑްރޯންތަކަކީ، އޭގެ މާކެޓް އަގަށް ވުރެ މާބޮޑުކޮށް، އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގަތް އުޅަނދުތަކެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.
13 Mar 2024
ރިޕޯޓް
ޙަބީބު ބޭނުންފުޅު ވަނީ ރާއްޖޭގެ އިންތިޚާބުތައް ބޭއްވުނު ގޮތާއި ބެހޭ ފޮތެއް ޝާއިއު ކުރެއްވުމަށް!
21 އަހަރަށް ފަހު، މިއަދުން ފެށިގެން ޙަބީބު ޚިދުމަތުން ވަކިވެ ވަޑައިގެންނެވި އިރު، ނޫން.އެމްވީ ގެ "ކޮފީ ވިތު ސުލައިމާން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޙަބީބު ވިދާޅުވީ ދެން ކުރައްވާނީ ކޮންކަމެއްކަން އަދި ކަނޑައަޅުއްވާފައި ނުވާ ކަމަށެވެ.
06 Mar 2024
ފުންކޮށް
މާލޭގެ ޓްރެފިކް މައްސަލަ
މާލޭގައި އެއްގަމު އުޅަނދު ފަހަރު ގިނަވަމުން އައި މިންވަރަށް ޕާކު ކުރާނެ ޖާގަ ނެތުމުގެ ސަބަބުން ނުކުންނަމުން އައި މައްސަލަތަކަކީ އެތައް އަހަރެއްވީ މައްސަލަތަކެއް. ޤަވާއިދާއި ޚިލާފަށް ޕާކުކުރުން ހުއްޓުވުމަށް ކަމަށްބުނެ ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހަން ފެށުން ފިޔަވައި އެކަން ހައްލު ކުރުމަށް ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައެއް ނެތް.
24 Feb 2024
ރިޕޯޓް
ސަރުކާރުތަކުންދޭ އަނިޔާއަށް އިންސާފު ހޯދަން، ރައްޔިތުން ދާނެ ތަނެއް ނެތް!
ރައްޔިތުން ވެރިކަމަށް ބޭފުޅަކު ހޮވަނީ ފޮނި އުއްމީދު ތަކަކާއި އެކުގައެވެ. ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމްވެ، ހަމަޖެހޭ ޞުލްޙަވެރި އަބުރުވެރި ދިރިއުޅުމެއްގެ އުޅެވޭނެ ކަމުގެ ހުވަފެންތައް ދެކެމުންނެވެ. އެހެން ނަމަވެސް ރައްޔިތުން އިންތިޚާބުކުރި ވެރިޔާ އުފައްދާ ސަރުކާރުތަކުން ޖަމާޢަތާއި ފަރުދުންނަށް ދޭ، މާލީ، ނަފްސާނީ، އަދި ޖިސްމާނީ އަނިޔާގެ ބަދަލެއް އިންސާފެއް ހޯދަން ރައްޔިތު މީހާ ދާނެ ތަނެއް ނެތެވެ. އެ ބޮޑު ބޭއިންސާފަށް އިންސާފެއް ހޯދޭނެ ގޮތެއްވެސް ނޯވެއެވެ. ކޮންމެ ފަސް އަހަރަކުން ރައްޔިތުންވެރިކަން ބަދަލުކޮށްގެން އިންސާފު ލިބޭނެ ކަމަށް އޮތީ ހަމައެކަނި އުއްމީދު ކުރުމެވެ.
21 Feb 2024
ރިޕޯޓް
މުއްސަނދި ކުޑަ ޤައުމެއް، ސިޔާސީ މީހުން ކައި ހުސްކޮށްލުމުން މިއަދު ރައްޔިތުން ތިބީ ބަނޑަށްޖެހިފައި
އިޤުތިޞާދީ މާހިރުން ހާމަކޮށްފައިވާ ގޮތުގައި ނައުރޫއަށް ދިމާވި މައްސަލައަކީ އެޤައުމުގެ އިޤުތިޞާދު މެނޭޖު ނުކުރެވުމެވެ. އަދި ޤައުމުގައި ހުރި ޤުދުރަތީ ރިސޯސްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ނުކުރެވެމެވެ. އެހެންކަމުން ނައުރޫއަށް ވެގެން ދިޔަ ގޮތަކީ، ދުނިޔޭގެ ކުދި ޖަޒިރާ އެހެން ޤައުމުތަކަށް އޮތް މިސާލަކަށް ވާއިރު، ދިވެހިރާއްޖޭގެ މިސްރާބު މިހުރީ ކިހިނެއްތޯ ވިސްނާލަން ޖެހެއެވެ.
13 Feb 2024
ރިޕޯޓް
މަޝްހޫރު ސިޔާސީ ބޭފުޅުން މިފަހަރު މަޖިލީހަށް ވާދަކުރައްވަނީ އަމިއްލަ ގޮތުން - ޕާޓީ ނިޒާމް ގޯސްވީތަ؟
ސިޔާސީ ދާއިރާގެ ފުންނާބު އުސްބޭފުޅުންނާއި، ސިޔާސީ ދާއިރާ ތަޖުރިބާ ކުރައްވަމުން ގެންދަވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެ ޔަޤީން ގޮތަކީ، ޕާޓީ ޓިކެޓެއްގައި އިންތިޚާބަށް ނުކުތުމެވެ.
09 Feb 2024
ރިޕޯޓް
ސަރުކާރުން ބުނަނީ މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ރާއްޖެ ބަނޑަށް ޖެހިދާނެކަމަށް!
ފޮރިން މިނިސްޓަރ މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކޮޅުމަޑުލަށް ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުން މުހިއްމު މިންވަރު ރައްޔިތުންނަށް ހާމަކޮށްދެއްވީ، ބަނޑަށް ޖެހިދާނެ ކަމުގެ ބިރުވެރިކަމުން ސަލާމަތް ވުމަށެވެ. އެހެންވެ އެއަޑު އަހަން ތިބި ދޮށީ އުމުރުގެ މީހުންނާއި އެވާހަކަތައް ކާފަ މާމައިންނާއި، މައިންބަފައިންގެ ފުށުން އިވިފައިވާ މީހުންނަށް ކުރީ ނުތަނަވަސް އަސަރެކެވެ.

Advertisement

28 Jan 2024
ކޮލަމް
ފައިސާ ނޫނިއްޔާ ފަހަށް ރައްކާ ކުރާނީ ފޮނި އުއްމީދު ހެއްޔެވެ؟
ފަހަށް ފައިސާ ރައްކާ ކުރުމަކީ އަހަރެމެންގެ ތެރޭގައި އާންމު ވާހަކައަކަށް ވީ ނަމަވެސް، މި ކަމަކީ އަހަރެމެންނަށް ބީރަށްޓެހި ކަމެކެވެ. ގިނަ ބަޔަކު ބުނާގޮތުން، ފަހަށް ފައިސާ ރައްކާ ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ތަކެތީގެ އަގު ދުވަހެއް ދުވަހަކަށް އުފުލެމުން ދިއުމެވެ. އަނެއް ބަޔަކު ބުނާގޮތުން، އެމީހުނަށް ފައިސާ ރައްކާނުކުރުރެވެނީ ލިބޭ އާމްދަނީ ކުޑަވުމުންނެވެ. އަދި މަދު ބަޔަކު ގަބޫލުކުރާ ގޮތުގައި، ފައިސާ ގެންގުޅުމުގައި "ޕާޓޭ އުސޫލު" ގެންގުޅުމަކީ ވެސް ރަގަޅު ގޮތެކެވެ. އެއީ މިއަދު ހޯދާ ފައިސާ މިއަދު ބޭނުން ކޮށްލުމެވެ. މާދަމާއަށް ބޭނުންވާ ފައިސާ ހޯދާނީ މާދަމާއެވެ.
04 Jan 2024
ކޮލަމް
ބާރު އަބަދުވެސް އޮތީ އެއްބައިވަންތަކަމާއެކު
"ބާރު އަބަދުވެސް އޮތީ އެއްބައިވަންތަކަމާއެކު" މި ބުނުމުގައި އިންސާނީ ހާލަތާ ބެހޭ އަސާސީ ހަގީގަތެއް އެކުލެވިގެންވެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުގެ ބާރަކީ އަޅުގަނޑުމެންގެ ފަރުދީ މަސައްކަތުގެ ނަތީޖާއަށްވުރެ މާ ބޮޑު ބާރެކެވެ. މި އުސޫލަކީ ޚާއްޞަކޮށް މުޖުތަމަޢުއާއި ގުޅުންހުރި އުސޫލަކަށްވެފައި، އެ އުސޫލަކީ އެއްބައިވަންތަކަމުގެ ގުޅުންތަކުގެ ސަބަބުން ތަފާތު ކާމިޔާބީތަކާއި ވަރުގަދަ ޖަމާޢަތުގެ ރޫޙެއް އުފެދިދާނެ އުސޫލެކެވެ.
29 Dec 2023
ކޮލަމް
އެމްޑީޕީގެ 13 މަޖިލިސް މެމްބަރުން، ޕީއެންސީއަށް ފޮނުވައި، ގެއްލުނު ވެރިކަން އެމްޑީޕީގެ މުށުތެރެއަށްލީތަ؟
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެއްޕާޓީން އަނެއްޕާޓީއަށް ބަދަލުވުމަކީ، ދިވެހިރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި އައު ކަމެއް ނޫނެވެ. އެންމެ ފުރަތަމަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެހެން ޕާޓީއެއްގައި ހުއްޓައި ގެނައީވެސް އެމްޑީޕީއަށެވެ. ރައީސް މައުމޫނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމަށް ފަހުގައި، އޭރު މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ގޮތުގައި އޮތް، ޑީއާރްޕީގެ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީ ވަހީދު އެމްޑީޕީއަށް ސޮއެކުރެއްވުމަކީ، މެމްބަރުން އިންތިޚާބުވި ޕާޓީފިޔަވައި އެހެންޕާޓީތަކަށް ބަދަލުވުމުގެ ފެށުމެވެ.
20 Nov 2023
ކޮލަމް
ޞާލިޙް ކިޔައިގެން ޞާލިޙްވަންޏާ، މުއިއްޒު ކިޔައިގެން ޞާލިޙް ވެދާނެތަ؟
މީހުން އާންމުކޮށް ބުނެ އުޅޭ ވާހަކައެކެވެ. މީހަކަށް ކިޔާނަމަކާ އެމީހާގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުމެއް ހުންނާނެއެވެ. އޭގެ މާނައަކީ އެމީހަކަށް ރަގަނޅު މާނައެއް އޮންނަ ނަމެއް ކިޔައިފިނަމަ، އޭނާ ކުރާނީ ހުސް ރަނގަޅުކަންތައްތައް ބާއެވެ؟ މުޙައްމަދު ކިޔާ މުޅިދުނިޔޭގައި 150 މިލިއަނަށްވުރެން ގިނަ މީހުން އުޅެއެވެ. އޭގެ މާނައަކީ މި 150 މިލިއަން މީހުންނަކީ މުޅިންވެސް ރަގަޅު، ހެޔޮ މީހުން ތޯއެވެ؟
26 Mar 2024
ދުނިޔެ
އެމެރިކާގައި ބުރިޖެއް ވެއްޓި އެއްތައް ބަޔަކު މަރުވެއްޖެ
ފްރާންސިސް ސްކޮޓް ކީ ބްރިޖު ވެއްޓިފައި ވަނީ އެބްރިޖުގައި، ކޯރުގެ ތެރެއިން ދަތުރުކުރި މުދާ އުފުލާ ބޯޓެއް ޖެހި ހިނގި އެކްސިޑެންޓްގައެވެ. އެބޯޓ ބްރިޖުގައި ޖެހުނީ ބޯޓުގައި އަލިފާން ރޯވެ ހިނގި ހާދިސާގެ ތެރެއިންނެވެ. ބުރިޖު ވެއްޓުމުގެ ހާދިސާ ހިނގިކަން ރިޕޯޓްކޮށްފައި ވަނީ ރޭ މެންދަމު އެމެރިކާގެ ގަނޑިން 1:30 ގައެވެ.
26 Mar 2024
ދުނިޔެ
މޮސްކޯގައި ދިން ހަމަލާއަށް އެހީތެރިވިކަމުގެ ތުހުމަތުގައި ބައްޕައަކާއި އޭނާގެ ދެދަރިން ހައްޔަރުކޮށްފި
ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެތިން ބަފައިންނަކީވެސް، ރަޝިޔާގެ ރަށްވެރިކަން ހޯދައިގެން މޮސްކޯގައި ދިރިއުޅެމުން އައި އިޒްރޭލުގެ ތިން މީހުންނެވެ. ހައްޔަރުކޮށްފައި ވަނީ، އިސްރޮއިލް އިސްލޮމޯވް (63އ) އާއި އޭނާގެ ދެފިރިހެން ދަރިން ކަމުގައިވާ، ދިލޮވަރު އިސްލޮމޯވް (25އ) އާއި އާމިންޗޮން އިސްލޮމޯވް (33އ) އެވެ. މީގެ ތެރެއިން ދިލޮވަރު މޮސްކޯގައި ކުރަމުން އައި މަސައްކަތަކީ ޓެކްސީ ކުރުމެވެ.
26 Mar 2024
ދުނިޔެ
އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކޮށްފި
ސަލާމަތީ މަޖިލީހުން ފާސްކުރި މިޤަރާރާއި ދެކޮޅަށް ވޯޓު ދީފައި ވަނީ، ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޤަތުލުއާއްމުތައް ހިންގުމުގައި، ހަތިޔާރާއި ފައިސާގެ ގޮތުން އަދި ސިފައިން ފޮނުވައިގެން މަދަދާއި އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ އެމެރިކާއިންނެވެ.
24 Mar 2024
ދުނިޔެ
މޮސްކޯގައި ދިން ހަމަލާ ހުޅަނގުގެ މީޑިއާއިން އައިއެސްއާ ގުޅުވާލައިފި
ރަޝިޔާއިން ބުނެފައި ވަނީ، ހަމަލާދިން މީހުންގެ ތެރެއިން ބައެއް މީހުން އަތުލައިގަނެވިފައިވާ ކަމަށާއި، ހަމަލާއަށް ފަހުގައި އެމީހުން މަސައްކަތްކޮށްފައި ވަނީ، ފިލައިގެން ޔޫކްރެއިންގެ ތެރެއަށް ދިޔުމަށްކަމަށެވެ.
23 Mar 2024
ދުނިޔެ
އ.ދ.ގެ ސެކިއުރިޓީ ކައުންސިލުގައި އެމެރިކާއިން ކުޅެން އުޅުނު ޑްރާމާ ކާމިޔާބެއް ނުވި
ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރެއް ކަމަށް އަޑު ފަތުރައި، އެމެރިކާއިން އެކުވެރި ދައުލަތްތަކުގެ (އ.ދ.) ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާހެއް ނުވިއެވެ. ހުކުރު ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ހުށަހެޅި މި ގަރާރު ފާސްވެފައި ނުވަނީ، އެ ކައުންސިލްގެ ދާއިމީ ދެ މެންބަރުން ކަމުގައިވާ ރަޝިއާ އާއި ޗައިނާ މި ގަރާރު ވީޓޯ ކުރުމުންނެވެ.
23 Mar 2024
ދުނިޔެ
މޮސްކޯގެ ކޮންސެޓް ހޯލަކަށް ޓެރަރިސްޓް ހަމަލާއެއްދީ އެތައް ބަޔަކު މަރާލައިފި
މިޓެރަރިސްޓް ހަމަލާގައި މިހާތަނަށް 60 ވުރެ ގިނަ މީހުން މަރުވެއްޖެކަން ކަށަވަރުވެފައިވާ ކަމަށާއި، އެކޮންސެޓް ހޯލުގެ ތެރޭގައި 150 ވުރެ ގިނަ މީހުންތާށިވެފައިވާ ކަމުގައިވެސް ރަޝިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
22 Mar 2024
ދުނިޔެ
އިނގިރޭސި ވަލީ އަހްދު ޕްރިންސް ވިލިއަމްގެ އަނބިކަބަލުން ކޭޓްއަށް ކެންސަރު ޖެހިއްޖެ
އެކަމަނާގެ މެސެޖުގައި ވިދާޅުވީ، ޖެނުއަރީ މަހު ބަނޑުގެ އޮޕަރޭޝަނެއް ކުރައްވާފައިވާ ކަމަށާއި، އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. އަދި ކީމޯތެރަޕީ ނަންގަވަމުން ގެންދަވާ ކަމަށާއި، އަދި މިއީ އެފަރުވާގެ ފުރަތަމަ ސްޓޭޖްކަމުގައިވެސް ކޭޓް ވިދާޅުވެފައިވެއެވެ.
22 Mar 2024
ދުނިޔެ
އިންޑިއާގެ ބިހާރުގައި ހަދަމުން ދިޔަ ބްރިޖެއް ވެއްޓިއްޖެ
ވެއްޓުނު މިބްރިޖަކީ، ބިހާރުގެ ބޭޖާ އާއި ބަކޫރް ގުޅާލުމަށް އަޅަމުން އައި ބްރިޖެކެވެ. ވެއްޓުނު ބުރިޖުގެ ބައިތަކުގެ ދަށުގައި 10 ވަރަކަށް މީހުން ތާށިވެފައިވާ ކަމަށާއި އެމީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް ބިހާރުގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
29 Mar 2024
ކުޅިވަރު
ޖުމްލަ 1.6 މިލިއަންގެ ދަރަންޏެއް ދެއްކުމަށް އެފްއޭއެމްއަށް ހުކުމްކޮށްފި
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ބީހައިވް ހޮޓަލުން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ނުދައްކައިގެން، އެ ހޮޓެލް ނިސްބަތްވާ ކުންފުނިން ކުރި ދައުވާއަކަށް ބިނާކޮށް، އެފްއޭއެމްގެ މައްޗަށް ބޮޑު ދަރަންޏެއް ދެއްކުމަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފިއެވެ.
28 Mar 2024
ކުޅިވަރު
މެސީ ކުޅުން ހުއްޓާލާނެ ދުވަސް ހާމަކޮށްފި
ލިއޮނެލް މެސީގެ ޕްރޮފެޝަނަލް ކެރިއާ ނިންމާލުމަށްފަހު، މެސީގެ ކުޅުން ދެން ނުފެންނާނެ ދުވަހެއްގެ އިހުސާސްތައް ކުރަން އުނދަގޫ ވާނީ މެސީގެ ސަޕޯޓަރުންނަށް އެކަންޏެއް ނޫނެވެ. ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހަކަށް ވެސް އެއީ "ކަޅު ދުވަހަކަށް" ވާނެކަން ޔަގީނެވެ.
27 Mar 2024
ކުޅިވަރު
ޔޫރޯގެ ފަހު ޖާގަތައް ޕޮލަންޑް، ޔުކްރެއިން އަދި ޖޯޖިއާއަށް
މި އަހަރުގެ ޖޫންގައި ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ ފަހު ތިން ޖާގަ ޕޮލަންޑާއި، ޔޫކްރެއިން އަދި ޖޯޖިއާ އިން ހޯދައިފިއެވެ. މުބާރާތުގެ ފަހު ތިން ޖާގަ ހޯދުމަށް ރޭ ކުޅުނު ތިން މެޗުގައި ވެސް ފޯރި ގަދަ ހަރަކާތްތަކެއް ފެނުނުއިރު، ދެ މެޗެއްގެ ނަތީޖާ ކަނޑައަޅަން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
24 Mar 2024
ކުޅިވަރު
އިތުރު 1 މިލިއަން ޑޮލަރުގެ މައްސަލައަކާއެކު އެފްއޭއެމް ހިޔާނާތުގައި ޖުމްލަ 2.9 މިލިއަން ޑޮލަރު ހިމެނޭ
ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އާ ގުޅުންހުރި 1.9 މިލިއަން ޑޮލަރު (29.3 މިލިއަން ރުފިޔާ)ގެ މައްސަލަތަކެއް ތަހުގީގު ކުރަމުން ދަނިކޮށް، އިތުރު 1 މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) ގެ އައު މައްސަލައެއް ފެންމަތިވެއްޖެކަމަށް ރިޕޯޓުކޮށްފިއެވެ.
24 Mar 2024
ކުޅިވަރު
ކޮރަޕްޝަންގެ ތުހުމަތުގައި މޫސައާ ގުޅުންހުރި ގިނަތަންތަން ރެއިޑްކޮށްފި
ބެޑްމިންޓަން އެސޯސިއޭޝަނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއެކީ، އެ އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދުގެ ކުޅިވަރު ސާމާނު ވިއްކާ ފިހާރައާއި، އޭނާއާ ގުޅުންހުރި އެހެން ތަންތަން އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ބަލާފާސްކޮށްފިއެވެ.
23 Mar 2024
ކުޅިވަރު
ވެލިދޫ ވޮލީ ލީގުގެ ޗެމްޕިއަންކަން ވިންޗެރީމޯއިން ހޯދައިފި
މެޗުގެ ކުރިން ވާރޭ ވެހުމުގެ ސަބަބުން ކުޅުމުގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކާއި ދެ ޓީމުގެ ކުޅުންތެރިން ކުރިމަތިލާންޖެހުނު ނަމަވެސް، ފޯރިގަދަ ފައިނަލެއްގެ މަލަމަތި މެޗުގެ ފުރަތަމަ ސެޓު ފެށުމާއެކީ ފެންނަންފެށިއެވެ. ފައިނަލް މެޗެއްގެ ޕްރެޝަރަށް އައު ކުޅުންތެރިން ވެސް، އެ ޕްރެޝަރާ ކެރިގެން ކުރިމަތިލާން ލިބުނު ދަނޑިވަޅުގައި "ފިސާރި ކުޅި ދައްކާލި" މަންޒަރު ފެނުނެވެ.
22 Mar 2024
ކުޅިވަރު
ފްރާންސް ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕުގައި މުސްލިމް ކުޅުންތެރިން ރޯދަ ހިފުން މަނާކޮށްފި
ޔޫރޯ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރަހްމަތްތެރިކަމުގެ ދެ މެޗެއް ކުޅުމަށް ފްރާންސްގެ ގައުމީ ފުޓުބޯޅަ ޓީމު ކޭމްޕްކޮށްފައިވާއިރު، ގައުމީ ޓީމުގެ މިފަދަ ކޭމްޕްތަކުގައި ރޯދަ ހިފުން މަނާ ކުރާ އުސޫލެއް، އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ކަނޑައަޅައިފިއެވެ.
22 Mar 2024
ކުޅިވަރު
ވެލިދޫ ވޮލީބޯޅަ ލީގު: ދެވަނަ ފުރުސަތުގެ ބޭނުން ހިފައި ވިންޗެރީމޯ ފައިނަލަށް
ވެލިދޫ ރަމަޟާން ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ފައިނަލު މެޗުގެ ފަހު ޖާގަ ޓީމް ވިންޗެރީމޯއިން ހޯދައިފިއެވެ. ފައިނަލުގެ ފުރަތަމަ ޖާގަ ހޯދުމަށް އެ ޓީމަށް ލިބުނު ފުރަތަމަ ފުރުސަތުގެ ބޭނުން ވަނީ ހިފޭގޮތް ނުވެފައެވެ. ނަމަވެސް ދެވަނަ ފުރުސަތުގެ ބޭނުން އެ ޓީމުން މި ވަނީ ފިސާރި ރަނގަޅަށް ހިފާފައެވެ.

Advertisement

28 Mar 2024
ދީން
ކަނޑުގެ ފޮނުގަނޑާ އެއްފަދައިން ހުރި ފާފަތަކެއް ފޮހެވޭނެ ކުޑަ އަމަލެއް އެނގިލައްވައިތޯ؟
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް ފާފަތައް ކުރެވޭނެ މީހެއް. އެ ފާފަތަކުން ޠާހިރުވާން ބޭނުންވާނެ މީހެއް. އެހެންކަމުގައި ވާނަމަ، މިފަދަ ކުޑަކަމަކުން ވެސް މިފަދަ ބޮޑުކަމެއް ޙާޞިލުކުރެވެން އޮތްއިރު މިކަމާމެދު ފަރުވާކުޑަނުކުރަމާތޯ؟
24 Mar 2024
ދީން
މަލާއިކަތުން ތިމާއަށްޓަކައި ހެޔޮ ދުޢާ ކުރައްވާނެ ޢަމަލެއް އެނގިލައްވައިތޯ؟
ނަމާދަށްފަހު އަނެއް ނަމާދުގެ އިންތިޒާރުގައި ނުވަތަ ޛިކުރު ކުރުމަށްޓަކައި އޭނާ ނަމާދުކުރި ތަނުގައި މަޑުކޮށްފިނަމަ، މަލާއިކަތުން އޭނާއަށް ހެޔޮދުޢާކުރުމުގައި ދެމިތިއްބަވާނެއެވެ.
23 Mar 2024
ދީން
މަކަރު ހެދުމާއި ހަސަދުވެރިވުމުން ދުރުހުލިވުމުގެ އިނާމު މަތިވެރި
އޮޅުވާލުމާއި މަކަރުހެދުމާއި ހަސަދަވެރިވުން ފަދަ ކަންކަމުން ދުރުހެލިވެ މީހާގެ ހިތް ސާފުކުރުމަކީ ހީވެސްނުކުރާހާ މަތީ ދަރަޖައާހަމައަށް ވާޞިލުވެވޭނެ ކަމެކެވެ.
22 Mar 2024
ދީން
ވަރަށް އާދައިގެ ކަމެއްހެން ހީވާ ކަމަކުން ވެސް ގިނަ ދަރުމަ ލިބިދާނެ
ވަރަށް އާދައިގެ ކަމެއް ކަމަށް ހީވާ ކިތަންމެ ކަމަކުން ވަރަށް ގިނަ ދަރުމައާއި ސަވާބު ލިބިދާނެ. މީސްތަކުންނަށް އުނދަގޫވާނެ ކަމަކުން އެ މީހުން ސަލާމަތްކުރުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ކުރާ ކަމަކީ އެތައް ދަރުމައާއި ސަވާބު ލިބި ތިމާ ސުވަރުގެއަށް ވަނުމުގެ ސަބަބަކަށް ވެދާނެ.
21 Mar 2024
ދީން
ކުޑަ ކަމަކުން ބޮޑު ދަރުމައެއް: ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަށްފަހު ޛިކުރުކޮށް، ދެ ރަކްޢަތްކުރުން
ޙައްޖަކާއި ޢުމްރާއެއްގެ ފުރިހަމަ ސަވާބު ލިބެން މިއޮތީ ކުޑަކަމެއް ކޮށްގެން. ކީއްވެތޯ އަޅުގަނޑުމެން މިކަމަށް ދަހިވެތި ނުވާންވީ. އެއްވެސް ޝައްކެތް ނެތް މީ މި ރޯދަމަހުގައި އަޅުގަނޑުމެން ހޯދާ ސަވާބާއި ދަރުމަ އިތުރުކުރުމަށް އޮތް މަގެއް.
20 Mar 2024
ދީން
ކުޑަ ކަމަކުން ބޮޑު ދަރުމައެއް: ހުކުރު ދުވަހުގެ މުހިންމު އަމަލުތައް
އެއް އަހަރުދުވަހުގެ ރޯދައާއި ރޭއަޅުކަމުގެ ސަވާބު މި ލިބެނީ ހަމަ ވަރަށް ކުޑަ ކަމެއް ކޮށްގެން. އެހެންކަމުން ވީ މިންވަރަކުން ހުކުރު ދުވަހު މިގޮތަށް ޢަމަލުކުރެވޭތޯ މަސައްކަތްކުރަމާތޯ!
19 Mar 2024
ދީން
ކުޑަ ކަމަކުން ބޮޑު ދަރުމައެއް: ދެމީހެއްގެ ދެމެދުގައި ޞުލްޙަކުރުވުން
މި މާތް މައްސަރުގައި ވެސް އަޅުގަނޑުމެންނާ ދިމާވެދާނެ ދެ މީހެއްގެ ދެމެދުގައި ހަމަނުޖެހުމެއް އުފެދި އަރައިރުންވާ މަންޒަރު. ނުވަތަ ދެ މީހުން އެކަކު އަނެކަކަށް އަނގައިން ނުބުނެ ގުޅުން ކަނޑާފައިވާތަން. އެފަދަ ޙާލަތެއްގައި އެދެމީހުން ޞުލްޙަވެރިކުރުވަން ކުރެވޭ މަސައްކަތަކީ ބޭކާރު މަސައްކަތެއް ނޫން.
18 Mar 2024
ދީން
ކުޑަ ކަމަކުން ބޮޑު ދަރުމައެއް: މައްޔިތާ ވަޅުލެވެންދެން ޖަނާޒާގައި ބައިވެރިވުން
މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރުމާހަމަޔަށް ޖަނާޒާގައި ބައިވެރިވެއްޖެ މީހާއަށް ޤީރާޠެއް ވެއެވެ. ބައެއް ރިވާޔަތް ތަކުގައި ޤީރާޠެއްގެ މިޘާލަކީ އުޙުދު ފަރުބަދަ ކަމުގައި ވާރިދުވެފައިވޭ. ތަޞައްވުރު ކޮށްލައްވާ އުޙުދު ފަރުބަދަ! އެ މިންވަރަށް ސަވާބު މި ލިބެނީ ކޮންކަމެއް ކޮންގެންތޯ؟ މާ ބޮޑު ނުވަތަ ބުރަ އުނދަގޫ އަޅުކަމެއް ކޮންގެންތޯ؟

Advertisement

29 Mar 2024
ވިޔަފާރި
ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި
އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވިގޮތެއްގައި ދަނޑުވެރިކަންކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމެއައިޑީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް (އޭއީޒެޑް) ގާއިމްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. ބުރާސްފަތި ދުވަހު ސޮއިކުރި މި އެމްއޯޔޫއަކީ ކާބޯތަކެތީގެ ރައްކާތެރިކަން ދިވެހިރާއްޖޭގައި ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ފެށުމެކެވެ.
20 Mar 2024
ޚަބަރު
ތިލަފުށި ފޭސް 2 އިން ބިން ގަތުމުގެ ފުރުޞަތު ހުޅުވާލައިފި
އެޗްޑީސީން ވިދާޅުވީ، އޮންލައިން ކޮށް އެޕްލައި ކުރެވޭ ގޮތަށް ހުޅުވާލާފައިވާ ބިޑް ޕޯޓަލްގައި (https://bids.hdc.mv/) ރަޖިސްޓްރީ ވެގެން ބިން ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައި ވާކަމަށެވެ.
13 Mar 2024
ވިޔަފާރި
ރާއްޖެއަކީ ދުނިޔޭގެ މަގުބޫލު ވިޔަފާރި ހަބަކަށް ހެދުމުގެ މަސައްކަތާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
އެސްޓީއޯއާ އެކު ކުރެވުނު މި އެއްބަސްވުމުގެ ތެރެއިން ވިޓޯލްގެ މައިގަނޑު ޒިންމާއަކީ ބަނކްރަކިންގ ޙިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަންވަދިއްފޮޅަށް ސަޕްލައި ކުރުމާއި، އަދި ވިޓޯލްގެ ބޮޑު ނެޓްވޯކްގެތެރެއިން ބައިންލްއަގުވާމީ ބަންކަރިނގް ހަބެއްގޮތުގައި ދިވެހި ރާއްޖެ އިސްތިހާރު ކުރުމެވެ.
10 Mar 2024
ވިޔަފާރި
އެސްޓީއޯއިން ލުނބޯ އަގުހެޔޮކޮށް ވިއްކަން ފަށައިފި
މިހާރު ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ ކިލޯއެއް 65ރ. އާއި 75ރ. އާއި ދެމެދުގެ އަގު ތަކެއްގައެވެ. މިއީ ނިމިދިޔަ ފެބުރުވަރީ މަހު ވެސް ލުބޯގެ އަގު އުޅުނު ވަރެވެ. ނަމަވެސް އެސްޓީއޯއިން ލުބޯ ރީޓެއިލްކޮށް ވިއްކަނީ ކިލޯއެއް 50ރ. އަށެވެ.
ލައިފްސްޓައިލް
29 Mar 2024
ލައިފްސްޓައިލް
ސުނާމީ ކާރިސާތަކުގަައި ފުރާނަ ސަލާމަތް ކުރުމަށް ބޭނުން ކުރެވޭ ކެޕްސޫލްއެއް!
މި ކެޕްސޫލްތައް ހަދާފައި ހުންނަނީ ވައްކޮށް، އޭގެ ތެރޭގައި މީހުންނަށް ވަދެ ތިބެވޭގޮތަށެވެ. އަދި ސުނާމީއެއް ކުރިމަތިވާ ހާލަތުގައި އޭގެ ކެޕްސޫލްއަކަށް ވަދެ ތިބުމުން، ސުނާމީގެ ރާޅުގަނޑުގެ ތެރޭގައި އޮޔާ ދިޔަ ނަމަވެސް ފުރާނަ ސަލާމަތް ކުރެވެއެވެ.
28 Mar 2024
ލައިފްސްޓައިލް
'ސޫޓީ' ބްރޭންޑްގެ ހިޖާބު އަޅާނެ ގޮތް
މި ވީޑިއޯގައި ސްޓައިލް ކުރުމަށް ބޭނުންކޮށްފައިވަނީ ރާއްޖޭގައި މަޝްހޫރު ހިޖާބު ބްރޭންޑެއްކަމުގައިވާ 'ސޫޓީ' ބްރޭންޑްގެ ހިޖާބެވެ. މިއީ ރާއްޖޭގެ ފުރަތަމަ ލަގްޒަރީ ހިޖާބު ބްރޭންޑެވެ. ފުރަތަމަ ސްޓައިލިންގައި މޮޑެލް އެޅުމަށް ބޭނުންކޮށްފައިވަނީ ޕްރެމިއަމް ޝިފޯން މެޓީރިއަލްގެ ޝޯލްއެކެވެ. މި ވީޑިއޯގައި ސޭފްޓީ ޕިން ނުވަތަ ދަތީގެ ބަދަލު ރިޒްނާ ބޭނުންކޮށްފައިވަނީ އާއްމުންގެ ތެރޭގައި މިހާރު މަޝްހޫރު މެގްނެޓް ޕިންސްއެވެ.
28 Mar 2024
ލައިފްސްޓައިލް
އެމެރިކާއިން ބޮން އަޅާތީ ފުރާނަ ސަލާމަތް ކުރަން ޖަންގައްޔަށް ވަތް ދެބަފައިން ފެނުނީ 40 އަހަރު ފަހުން!
2013 ވަނަ އަހަރު، ވިއެޓްނާމްގެ ޖަންގަލިތެރޭގައި ހުރި ގަހެއްގައި ހަދާފައިވާ ކުޑަ ހަޓެއްގައި މިދެބަފައިން ދިރިއުޅެނިކޮށް ފެނުމުން ކަމާއި ބެހޭ ފަރާތްތަކަށް ލިބުނީ ޝޮކެކެވެ. އެދެބަފައިން ފެނުނު އިރު، ހޯ ވޭން ތަންގެ އުމުރުން 81 އަހަރުވެ، މުސްކުޅިވުމުގެ ސަބަބުން އޭނާ އޮތީ ބަލި ތަންމަތީގައެވެ.
28 Mar 2024
ޚަބަރު
މަތިންދާ ބޯޓުގައި އެންމެ ލަހުން ދެވެނީ ސިންގަޕޫރަށް!
ވައިގެ ދަތުރުފަތުރާއި އެކު މިހާރު ދުނިޔޭގެ އެންމެ ދުރު ޤައުމުތަކަށްވެސް، މަދުވެގެން 24 ގަޑިއިރުގެ ތެރޭގައި އެއްޤައުމުން އަނެއް ޤައުމަށް ދަތުރު ކުރެވޭނެއެވެ. އެހެން ނަމަވެސް ދިގު ފްލައިޓް ދަތުރެއް ކުރަން ޖެހުމަކީ ވަރަށް ގިނަ މީހުންގެ ޝަކުވާއެކެވެ.
26 Mar 2024
ވާހަކަ
ކުރުވާހަކަ: ޒީނާ
ޖަލުގޮޅިއަށް ޒީނާގެ ދެއަތުން ބައްޕަ ކޮއްޕާ ވައްޓާލުމަށްފަހުގައި އޭނާގެ ހަޔާތަށް ވީގޮތެއް ބައްޕަ އަޑުއަހައި އޭނާއަށް ހިތްހަލާލު ދޭނެއެކޭވެސް ހިތެއް ނުބުނެއެވެ. އެހެނީ، ޒީނާ އޭނާގެ ބައްޕައަށް ދިނީ އެއަށްވުރެ މާބޮޑު އަނިޔާއެކެވެ. ދުވަހަކުވެސް އުފަންދަރިއަކު އޭނާގެ އޭނާގެ ބައްޕައަށް ދީފައި ނުވާފަދަ ބޮޑު އަނިޔާއެކެވެ. ޒީނާއަށް އިހްސާސްވެއެވެ. އެއީ މަޢާފެއް ނެތް ކުށެކެވެ. ތައުބާ އާއި ކައްފާރާއެއް ނެތް ފާފައެކެވެ.
26 Mar 2024
ލައިފްސްޓައިލް
ރަންވޭ މަތިން ބޮޑު މަތިންދާ ބޯޓެއް ވަގަށް ނަގައިގެން ދިޔަ ދެމީހުންނަށް ވީގޮތެއް ނޭނގުނު!
ބޯޓު ވަގަށް ނެގި އެމެރިކާ މީހާއަކީ، ޖޯން މައިކަލް ނަމަކަށް ކިޔާ މީހެކެވެ. އެވައްކަމުގައި އޭނާއަށް އެހީތެރިވެދޭން ހުރި މީހާއަކީ، ޕަޑިއްލާ ނަމަކަށް ކިޔާ މީހެކެވެ.
25 Mar 2024
ލައިފްސްޓައިލް
ދުނިޔޭގެ އެންމެ ބޮޑު ލިފްޓަށް އެއްފަހަރާ 235 މީހުންނަށް އެރޭ!
ދުނިޔޭގައި އިމާރާތްކުރުމުގެ ސިނާޢަތަށް އައި ކުރިއެރުންތަކާއި އެކު އުސް އިމާރާތްތައް ބިނާކުރެވެމުން ދިޔައިރު، އީޖާދު ކުރެވުނު އެކައްޗަކީ، މީހުން އެއް ފަނގިފިލާއިން އަނެއް ފަންގިފިލާއަށް ދަތުރުކުރުމަށް ބޭނުން ކުރާ ލިފްޓެވެ.
24 Mar 2024
ލައިފްސްޓައިލް
ދުނިޔޭގެ އެންމެ ބަރު މީހާގެ ހަށިގަނޑުގައި 635 ކިލޯ ހުރި!
ދުނިޔޭގެ ތާރީޚުގައި މިހާތަނަށް ރެކޯޑު ކުރެވިފައިވާ އެންމެ ބަރު މީހަކީ އެމެރިކާއަށް އުފަން ޖޮން ބްރޯވަރ މިނޯޗް އެވެ. އޭނާގެ އެންމެ ބަރު ދުވަސްވަރު، ބަރުދަނުގައި 635 ކިލޯ (ބައިޓަނު) ހުއްޓެވެ. އެބަރުދަނަކީ، އާދައިގެ ކުޑަޕިކަޕަކަށްވެސް ނުއުފުލޭ ވަރުގެ ބަރުދަނެކެވެ.